Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024 | ހުކުރު 09:19

އިންތިހާބު ބާއްވަން މަސައްކަތް ކުރީ މާދަމާ އައްޑޫގައި

ރާއްޖެ އެމްވީ | 22 މާރިޗު 2024 | ހުކުރު 09:19
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތަކުގައި އޭސީސީން އެތަނަށް ވަނުމުން މާދަމާ އައްޑޫގައި ބާއްވަން އުޅުނު އެ އެސޯސިއޭޝަނުގެ އިންތިހާބު ހުއްޓާލައިފި އެވެ.

މީގެ ކުރިން އެސޯސިއޭޝަނުން ދިޔައީ ކަމިޝަނަރ އޮފް ސްޕޯޓްސް އިންތިހާބު ހުއްޓާލަން އެންގުމުން ވެސް އެކަން ބޮލާލައި ޖަހައި އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ. ކަމިޝަނަރ އެންގީ އެ އެސޯސިއޭޝަނުގެ މެމްބަރުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް ބަލައި އަސާސީ ގަވާއިދު އިސްލާހު ކުރުމަށްފަހު ނޫނީ އިންތިހާބު ނުބޭއްވުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ އެންމެ ބޮޑު ތުހުމަތެއް ކުރަނީ އެސޯސިއޭޝަނުގެ ރައީސްކަމުގައި ތިން ވަނަ ދައުރެއް ފުރަމުން އަންނަ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މޫސާ ނާޝިދަށެވެ. އޭނާ މި ފަހަރު ކުރިމަތިލެއްވީ ނާއިބް ރައީސްގެ މަގާމަށެވެ. ރައީސް ކަމަށް ވާދަކުރަނީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މުހައްމަދު އަޖުފާން އާއި ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އިންތިހާބު ނުބާއްވަން ނިންމީ އެކަމަށް ފަހި މާހައުލެއް ނެތުމުން ކަމަށެވެ.

އެ އެސޯސިއޭޝަނާމެދު މެމްބަރުން ކުރާ ބައެއް ޝަކުވާތަކުގެ ތެރޭގައި އެކަކު ޕްރޮކްސީ ހިފައިގެން އައިސް 100 އިންޑިވިޖުއަލް ވޯޓު ލުން ފަދަ ކަންކަން ހިމެނެ އެވެ.  

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
18 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

18 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
13 މާރިޗު 2024

ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން

13 މާރިޗު 2024
ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން
13 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި

13 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
28 އޯގަސްޓު 2023

އައިއޯއައިޖީ - ބެޑްމިންޓަން އަންހެން ޓީމަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ - ބެޑްމިންޓަން އަންހެން ޓީމަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް