Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

މިގޮތަށް އެންގީ ކުޅިވަރާ ގުޅޭ އެކި އިދާރާތަކުން ހޯމަ ދުވަހު، ބެޑްމިންޓަން އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމަށް ފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 23:58
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް އަންގައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ 22 ވަނަ ދުވަހު، އައްޑޫ ސިޓީގައި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށެވެ. އެ ޖަލްސާގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އައު ދައުރުގެ ހިންގާ ކޮމެޓީ ވެސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އެ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް އަންގައިފަ އެވެ.

އޭގެ ފަހުން މިހާރު ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައި ވަނީ، އިންތިޚާބުގެ ކުރި އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށެވެ. އެގޮތުން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ހުރި މައްސަލަތައް ޙައްލުކޮށް، ލަފާ ދީފައިވާ ގޮތުގެ މަތީން އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) ވަނީ އަންގަވައިފަ އެވެ. މިގޮތަށް އެންގީ ކުޅިވަރާ ގުޅޭ އެކި އިދާރާތަކުން ހޯމަ ދުވަހު، ބެޑްމިންޓަން އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އަސާސީ ޤަވާއިދަށް ބަދަލު ގެންނަން ކޮމިޝަނަރު ދީފައިވާ ލަފާތުގެ ތެރޭގައި، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ (ބީޑީސީ) ތަކަށް ވޯޓު ލުމުގެ ޙައްޤު ދީފައިވާ ގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ. ބީޑީސީ ތަކަކީ ރަސްމީ އެއްވެސް ތަނެއްގައި، ރަސްމީ ސިފައެއްގައި ރަޖިސްޓްރީ ކުރުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން އުފައްދާފައިވާ ބައެކެވެ. ބީޑީސީތަކުގެ ތެރެއިން މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ދީފައި ވަނީ ނ.ހޮޅުދޫ އަދި އައްޑޫ ސިޓީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ އަށެވެ.

އިންތިޚާބާ ދިމާކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ރައީސްކަމުގައި މިހާރު ހުންނެވި މޫސާ ނާޝިދާ ދެކޮޅަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އަކީ އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ.

ކޮމިޝަންގެ އޮފީހުން އިންތިޚާބު ފަސް ކުރުމަށް އެންގި ނަމަވެސް، ބެޑްމިންޓަން އެސޯސިއޭޝަންގެ ރޫޙު ހުރީ އިންތިޚާބުގެ ކަންކަން މަޑު ޖައްސާ ނުލައި ކުރިއަށް ގެންދިޔުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު