Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

މިހާރުގެ ރައީސް މޫސަ ވާދަކުރަަނީ ނައިބު ރައީސް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 00:33
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލި، ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލި، ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ޤައުމީ ބެޑްމިންޓަން ޓީމުގެ މުޙައްމަދު އަޖުފާން ރަޝީދު އަދި އިޝްފާން މުޙައްމަދު (އިއްޕަ) ކުރިމަތިލައްވައިފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި، އައު ދައުރުގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ހަމަވީ ހޯމަ ދުވަހު އެވެ.

މުއްދަތު ހަމަވެ، އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އާންމު ކޮށްފަ އެވެ. ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުންނަކީ އަޖުފާން އަދި އިޝްފާން އެވެ. އެސޯސިއޭޝަންގެ ނައިބު ރައީސްކަމަށް ތިން ފަރާތަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ރައީސްކަމަށް ކުރިމަތިލި އަޖުފާން ހިމެނެ އެވެ. ނައިބު ރައީސުންނަށް ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި މޫސާ ނާޝިދު އަދި އަޙުމަދު ޝިހާމް (ޕުޗު) އެވެ. އެސޯސިއޭޝަންގެ ޚަޒާންދާރުގެ މަޤާމަށް ކުރިމަތިލީ، ޝިފާއު އަބްދުالله އަދި މުޙައްމަދު ނަޞީރު އެވެ.

މީގެ އިތުރުން އެހެން މަޤާމުތަކަށް ބަލާއިރު، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރުކަމަށް ކުރިމަތިލީ ޙުސެން އާތިފް އަދި އަޙްމަދު ރިޔާޟް އެވެ. އެގްޒެކެޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު ކަމަށް ކުރިމަތިލީ، އިބްރާހިމް ޟިޔާއު މުޙައްމަދު އަދި އަޙްމަދު ސިރާޖް އެވެ. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު ކަމަށް ކުރިމަތިލީ، މުޙައްމަދު ސައީދު އަދި މިންނާ ރަޝީދު އެވެ. އަންހެން މެންބަރުން ތަމްސީލް ކުރާ މެމްބަރުގެ މަގާމަށް ކުރިމަތިލީ އައިޝަތު ޔުމްނާ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބުގައި ރައީސްކަމަށް ވާދަނުކުރަން، މިހާރުގެ ރައީސް މޫސާ ނާޝިދު ނިންމެވީއިރު، މޫސައާ ދެކޮޅަށް އެތައް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގައި މޫސަ ވަނީ ތިން ދައުރު ފުރިހަމަ ކޮށްފަ އެވެ. މޫސައާ ދެކޮޅަށް ހުރި މައްސަލަތަކާއި، އެސޯސިއޭޝަންގައި ހުރި ގިނަ މައްސަލަތަކެއް ހިފައިގެން ބެލެނިވެރިން، ކުޅުންތެރިން އަދި ބެޑްމިންޓަން ކޮމިއުނިޓީގެ އެކި ފަރާތްތަކުން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް ގޮސްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްމުޙައްމަދު އަޖުފާން ރަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

18 މާރިޗު 2024

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު