Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

އޭސީސީން އެންގީ އެ އެސޯސިއޭޝަނާ ގުޅުން ހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއް ތަހުގީގު ކުރަމުން ދާތީ، ވަކި ގޮތެއް އަންގަންދެން އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2024 | ބުރާސްފަތި 00:21
ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީގެ އައު ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު މަޑު ޖައްސާލުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންގައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ނިންމާފައި ވަނީ، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 22 ވަނަ ދުވަހު (ހުކުރު ދުވަހުގެ ރޭ) ބޭއްވުމަށެވެ. އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމި އަހަރީ އާންމު ޖަލްސާގައި، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބަށް އިއުލާންކޮށް، އިންތިޚާބުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) ވަނީ އިންތިޚާބު މަޑު ޖައްސާލުމަށް އަންގައިފަ އެވެ. އެއީ އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދުގައި ހުރި މައްސަލަތަކެއް އިސްލާޙު ކުރުމަށްކަމަށް ބުނެ އެވެ. އަނެއްކޮޅުން އެ އެސޯސިއޭޝަނާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އޮތީ، ކޮމިޝަނަރުގެ އިތުރުން ކުޅިވަރާ ގުޅޭ އެހެން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ މައްސަލަ ކުރިއަށް ދަނިކޮށް އެސީސީން ވަނީ އަންގާރަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެފަ އެވެ. އޭސީސީގެ ތަޙުގީގީ ޓީމެއް އެ އެސޯސިއޭޝަނަށް ވެދައި ވަނީ، އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ތަހުގީގަށެވެ. އިތުބާރު ހުރި މަސްދަރަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް އެސީސީން ވަނީ ބުދަ ދުވަހު އަންގައިފަ އެވެ. އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނާ ގުޅުން ހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއް ތަހުގީގު ކުރަމުން ދާތީ، ވަކި ގޮތެއް އަންގަންދެން އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރައީސްކަމަށް ކުރިމަތިލާފައި ވަނީ ދެ ބޭފުޅުންނެވެ. ޤައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު އަދި އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. އެސޯސިއޭޝަންގެ ނައިބު ރައީސްކަމަށް ތިން ފަރާތަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ރައީސްކަމަށް ކުރިމަތިލި އަޖުފާން ހިމެނެ އެވެ. ނައިބު ރައީސުންނަށް ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި މޫސާ ނާޝިދު އަދި އަޙުމަދު ޝިހާމް (ޕުޗު) އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު