Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން

އީރާނުގެ ރަށެއް ހިފުމަށް ބޭރުގެ ބާރުތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، އެކަމުގައި އެހީތެރިވާ ސަރަހައްދީ ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ މަޖިލީހުގެ ރައީސް ދެއްވައިފި. އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ބިން ދިފާއުކުރުމުގެ އަޒުމް އިމްތިހާނު ނުކުރުމަށް ގޮވާލައްވައި، ބައެއް އަރަބި ގައުމުތަކުން އިޒްރޭލާއި އެމެރިކާއަށް މަގުފަހިކޮށްދޭތީ އެ ގައުމުގެ ޚާރިޖީ ވަޒީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 03:34
އީރާނުގެ އަސްކަރީ ޕެރޭޑެއްގެ ތެރެއިން، އެ ގައުމުން އުފެއްދި އެންމެ ފުރަތަމަ ހައިޕަރސޮނިކް މިސައިލް ކަމަށްވާ "ފައްތާހު" އާއި، "ޚައިބަރު ޝަކަން" ބެލިސްޓިކް މިސައިލް ދައްކާލަނީ.

އީރާނުގެ އަސްކަރީ ޕެރޭޑެއްގެ ތެރެއިން، އެ ގައުމުން އުފެއްދި އެންމެ ފުރަތަމަ ހައިޕަރސޮނިކް މިސައިލް ކަމަށްވާ "ފައްތާހު" އާއި، "ޚައިބަރު ޝަކަން" ބެލިސްޓިކް މިސައިލް ދައްކާލަނީ. | ގެޓީ އިމޭޖަސް

އީރާނުގެ އެއްވެސް ރަށެއް ހިފުމަށްޓަކައި ދުޝްމަނުންނާ އެކު ސަރަހައްދީ އެއްވެސް ގައުމަކުން އެއްބާރުލުން ދީފި ނަމަ، އެ ގައުމެއްގެ މުހިންމު އުމްރާނީ ވަސީލަތްތަކަކީ ތެހެރާންގެ ވަރުގަދަ ބަދަލުހިފުމުގެ އަމާޒުފަތްތަކަކަށް ވާނެ ކަމުގެ އިންޒާރު އީރާނުގެ މަޖިލީހުގެ ރައީސް ދެއްވައިފިއެވެ.

"ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ސަރަހައްދީ ގައުމެއްގެ އެހީތެރިކަމާއެކު އީރާނުގެ ދުޝްމަނުން ދަނީ އީރާނުގެ ރަށެއް ހިފުމަށް އޮޕަރޭޝަނެއް ތައްޔާރުކުރަމުން،" އެކްސްގައި ބުދަ ދުވަހު އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި މުހައްމަދު ބާގިރު ގާލީބާފް ލިޔުއްވާފައިވެއެވެ.

"ދުޝްމަނުންގެ ހުރިހާ ހަރަކާތްތަކެއް އަޅުގަނޑުމެންގެ ހަތިޔާރު އެޅި ސިފައިން ދަނީ ވަރަށް ގާތުން ބަލަމުން. އެމީހުން އެއްވެސް ފިޔަވަޅެއް އަޅައިފި ނަމަ، އެ ސަރަހައްދީ ގައުމެއްގެ ހުރިހާ މުހިންމު އުމްރާނީ ވަސީލަތްތަކަކަށް އެއްވެސް އުސޫލެއް ނެތި، މެދުކެނޑުމެއްނެތި ހަމަލާދޭނެ،" ގާލީބާފް ވިދާޅުވިއެވެ.

ނިމިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ގާނޫނާ ޚިލާފަށް އުދުވާނީ ހަމަލާތަކެއް ދޭން ފެށި ފަހުން، ސަރަހައްދީ ބައެއް ގައުމުތަކުން، ޚާއްސަކޮށް ޔޫއޭއީ އާއި ބަހްރައިނުން ވަނީ އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ފުރުސަތު ދީފައި ކަމަށް އީރާނުން ވަނީ ބުނެފައެވެ.

މީގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ނަމުގައި ދުޝްމަނުންގެ އަމާޒުފަތްތަކަށް 80 އަށްވުރެ ގިނަ ފަހަރު މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބަދަލުހިފުމުގެ ހަމަލާތައް ދީފައެވެ.

މި އޮޕަރޭޝަންގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މުހިންމު މަރުކަޒުތަކަށާއި މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. މީގެ ތެރޭގައި ޔޫއޭއީ، ބަހްރައިން، ސައޫދީ އަރަބިއްޔާ، ކުވެއިތު، ގަތަރު އަދި އުރުދުންގައި ހުރި ތަންތަން ހިމެނެއެވެ. މީގެ އިތުރުން އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ހުރި އެފަދަ އަމާޒުފަތްތަކަށް ވެސް މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ގާލީބާފް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، އީރާނުގެ ދެކުނުގައި އޮންނަ މުހިންމު ޚާރްގް ރަށް ހިފުމުގެ ރޭވުންތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ފިތުނަވެރި ވާހަކަތަކާ ގުޅިގެންނެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ އަސްކަރިއްޔާގެ 82 ވަނަ އެއާބޯން ޑިވިޜަންގެ ގާތްގަނޑަކަށް 2,000 ސިފައިން ހުޅަނގު އޭޝިއާއަށް ފޮނުވުމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ވޯ އިން ވަނީ އަމުރުކޮށްފައެވެ.

ބުދަ ދުވަހުގެ ކުރީކޮޅު އީރާނުގެ މަޖިލީހުގެ ރައީސް ވަނީ މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަދި އެމެރިކާ ސިފައިން އެ ސަރަހައްދަށް ފޮނުވަމުންދާ ދިއުން އީރާނުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖެނެރަލުން ހަލާކުކޮށްލި ކަންކަމެއް ސިފައިންނަކަށް ރަނގަޅެއް ނުކުރެވޭނެ. އޭގެ ބަދަލުގައި އެމީހުން ވާނީ [އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫގެ ކުށްހީތަކުގެ ޝިކާރައަކަށް،" ނަތަންޔާހޫގެ ބާރު އެޅުމާއެކު ވޮޝިންޓަނުން އިޒްރޭލާއި ގުޅިގެން އީރާނާ ދެކޮޅަށް އުދުވާން ހިންގަން ފެށުމާ ގުޅޭގޮތުން ގާލީބާފް ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުމެންގެ ބިން ދިފާއުކުރުމަށް އޮތް އަޒުމް އިމްތިހާނު ނުކުރައްވާ،" ގާލީބާފް ވިދާޅުވިއެވެ. މި އުދުވާނާ ގުޅިގެން އީރާނުން ވަނީ ސަރަހައްދީ ގައުމުތަކުގެ ބިންތައް އީރާނަށް ހަމަލާދިނުމަށް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށާއި، މި އުދުވާނުން އެކަހެރިވުމަށް އެ ގައުމުތަކަށް ބާރުއަޅާފައެވެ.

މީގެ އިތުރުން ބުދަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ، އީރާނާ ދެކޮޅަށް އެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް މީގެ ކުރިން ބުނި ބައެއް ސަރަހައްދީ ގައުމުތަކުން އެ ބުނި ބުނުމާ ޚިލާފުވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އެ ގައުމުތަކަށް ނޭނގި މިކަން ހިނގާފައިވާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަރާގްޗީ ވިދާޅުވިއެވެ.

"ސަރަހައްދީ ގައުމުތަކަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ، އީރާނުގެ ބިމަށާއި ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއާއި ޒަޔަނިސްޓުން ހިންގާ މި އުދުވާނުން އެ ގައުމުތަކުން ކަނޑައެޅިގެން ދުރުވާންޖެހޭނެ ކަމާއި، މި ހަނގުރާމައިން އެކަހެރިވާންޖެހޭނެ ކަން،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާންމުހައްމަދު ބާގިރު ގަލިބާފްއޮޕަރޭޝަން ޓްރޫ ޕްރޮމިސްއެމެރިކާ-އީރާންޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ: ދިރާސާ

އީރާން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ: ދިރާސާ

26 މާރިޗު 2026
ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

26 މާރިޗު 2026
ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

26 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު