Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް

ދެ އިންތިޚާބު އެއްކޮށްލުމަށް ރެފަރެންޑަމްއެއް ބޭއްވުމަށް ނެރުނު ރިޔާސީ ޤަރާރު ބާތިލުކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައި. މި މައްސަލައިގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވީ، މަޖިލީހުގެ އުމުރު ކުރުކުރަންޖެހޭ ސަބަބެއް އެ ޤަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2026 | ހޮނިހިރު 12:55
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޤަރާރުގައި ނެތްކަމަށް  އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށާއި، އެ މައްސަލައިގެ މުޅި ދައުވާ ބިނާވެފައި އޮތީ ޤަރާރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުން އެކަމުގެ މައްޗަށް ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ރައީސް ނެރުއްވި ޤަރާރުގައި ބަޔާން ކުރައްވާފައި އޮތީ ހަމައެކަނި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހުއްޖަތްތަކެވެ.

އެހެންނަމަވެސް، ރެފަރެންޑަމް ނަގަން މި ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުވާތީކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް ހުއްޖަތެއް ޤަރާރުގައި ފެންނަން ނެތް ކަމަށެވެ.

ދެ އިންތިޚާބު އެއްކުރުމުގެ ވާހަކައިގެ ހުއްޖަތްތަކެއް އޮތީ، އެހެންނަމަވެސް ރެފަރެންޑަމްއެއް ގެންނަން ޖެހިގެން މި އުޅެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު އަންނާތީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރު ކުރަންޖެހޭކަމަށް ބަޔާންކުރާ ހުއްޖަތްތަކެއް އެ ޤަރާރަކުން ނުފެނޭ
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް 

 ދެ އިންތިހާބު އެއްކޮށްލުމަށް އާއްމު ވޯޓު ނެގުމަށް ނެރުނު ރިޔާސީ ޤަރާރު ބާތިލުކުރުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި ފޮނުވިފަހުން، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ވަނީ އަންގާފައެވެ. އަދި ސަބަބަކަށް ބުނެފައި އޮތީ އެ މައްސަލަ ހައްލުކުރަން އެމްޑީޕީން ކުރި ކަމެއް ބަޔާންކޮށްފައި ނެތުމެވެ.

 މައުރޫފް ވިދާޅުވީ މިއީ އޭގެ ކުރިން 4 ފަހަރު ފޯމު އިސްލާހުކުރަން އެންގިއިރު ވެސް ކޯޓުން ނުދައްކާ ބަހަނާއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް ނެރުނީމަ، އޭގެ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް ޤާނޫނީ ފުރުސަތެއް ނެތް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.  

މީގެ އިތުރުން، އެމްޑީޕީން މައްސަލަ  ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ. 

 

 

ނޫނެކޭނޫނެކޭ ބުނުންއަލްއުސްތާޛް އަޙްމަދު މައުރޫފް, އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރު

އިތުރަށް ކިޔާލަން

28 މާރިޗު 2026

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
27 މާރިޗު 2026

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

27 މާރިޗު 2026
ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު
27 މާރިޗު 2026

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު