Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް ވޯޓު

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026 | ހޮނިހިރު 12:30

ސަރުކާރުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ފަޔާޒް ވިދާޅުވީ ގައުމުގެ ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހަނިކުރުމުން ދިމާވާ ކަމެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2026 | ހޮނިހިރު 12:30
މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) | ރާއްޖެ އެމްވީ

ރާއްޖޭގެ ސުލްހަމަސަލަސްކަން ގެއްލި ހަމަނުޖެހުން އުފެދިފައި ހުރީ އިންތިޚާބުތައް ބާއްވައިގެން ނޫން ކަމަށާއި، އެކަން ހިނގާފައި ހުރީ ރައްޔިތުންގެ ޙައްޤުތައް ގެއްލުވާލުމުންކަމަށް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަޔާޒް ވިދާޅުވީ، ރެފަރެންޑަމްއަށް އާންމުން ހޭލުންތެރި ކުރުވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތެއްގައި ކޮމިޝަނުން އެ ޒިންމާ އަދާކުރަމުން ނުދާ ކަމަށެވެ. އެގޮތުން ހަމައެކަނި ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުގައި މައުލޫމާތުކޮޅެއް ހިއްސާކޮށްލުމުން ނުފުދޭ ކަމަށާއި، މި އިންތިޚާބުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކުގެ ދެކޮޅުވެސް އާންމުންނަށް ބުނެދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.  

Advertisement - newsAdvertisement
އިލެކްޝަންސްއިން އެބަ ބުނޭ ތިމަންނާމެން ހޭލުންތެރި އެބަ ކުރުވަމޭ، ދިވެހިރާއްޖޭގެ ކިތައް މީހުންގެތޯ ޓިކްޓޮކްގައި އެކައުންޓު ހުރީ، ނޫނީ ބަލަނީ، އެކަމުންވެސް އެބަ އެނގޭ މިބޭފުޅުން މި ދައްކަނީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަން
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

ފަޔާޒް ވިދާޅުވީ، ރައީސްގެ ޤަރާރުގައި މި ޤައުމަށް ސަލާމަތާއި އަމާންކަން ގެނައުމުގެ ވާހަކަ ހިމަނުއްވާފައިވީނަމަވެސް، އެއީވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން ޤައުމުގައި އަމާންކަމާއި ހަމަޖެހުން ޤާއިމު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުންތޯ ފަޔާޒް ވަނީ ސުވާލު ކުރައްވާފައެވެ.

ފަޔާޒް ވިދާޅުވި ގޮތުގައި އެއީ އިލްމީ ބުރަދަނެއް އޮވެގެން ސަރުކާރުން ދައްކާ ވާހަކައެއް ނޫނެވެ. އަދި ވިދާޅުވީ، ސަރުކާރުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ.

 ހަމަނުޖެހުން އުފެދިފައި ހުރީ އަޅުގަނޑުމެންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޤާނޫނުގައިވާގޮތަށް ފުރުސަތު ނުދީގެން، އެއްވެސް އުޅުމުގެ ޤާނޫނުގައި ބުނާގޮތަށް ފުރުސަތު ނުދީގެން، ނުވަތަ އެފަދަ ކަންކަމާ ގުޅިގެން، އެހެންކަމުން ސުލްހަމަސަލަސް ކަމޭ ކިޔައިގެން އެ އުޅެނީ ރައްޔިތުންނަށް އޮޅުވާލުމަށް
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

ފަޔާޒް ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަށް އެދިވަޑައިގެންފައެވެ.  

ނޫނެކޭ ކެމްޕެއިންނޫނެކޭއަހުމަދު ފަޔާޒް (ޕާޕާ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
27 މާރިޗު 2026

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

27 މާރިޗު 2026
ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު
27 މާރިޗު 2026

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް
27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
27 މާރިޗު 2026

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"
26 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!
26 މާރިޗު 2026

އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

26 މާރިޗު 2026
އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟
26 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

26 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް