Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ އަގު ބޮޑުކުރުން

ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރަން: ޒަމީރު

25 މާރިޗު 2026 | ބުދަ 14:48

ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ކަނޑައެޅުމުގައި ސްޓޮކާއި ކޭޝްފްލޯއަށް ބަލާނެ ކަމަށާއި، އަގަށް ބަދަލު ގެނައި ނަމަވެސް މަސްވެރިކަން ފަދަ ނާޒުކު ދާއިރާތަކަށް ސަރުކާރުން ދޭ ސަބްސިޑީ މެދުނުކެނޑި ކުރިއަށްދާނެ ކަމަށް. އަދި ތެލުގެ އަގު ބޮޑުކުރާނީ އެކަމުގެ ސަބަބުން ސިނާއަތްތަކަށް ކުރާނެ އަސަރުތައް ވަރަށް ބޮޑަށް މޮނިޓަރު ކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 25 މާރިޗު 2026 | ބުދަ 14:48
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް

ރާއްޖޭގައި ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބުދަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ޒަމީރު ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓްސް ޕްލެޓްސްގެ ރޭޓުތަކަށް ބަލާއިރު، އިއްޔެ ތެލުގެ އަގުތައް ހުރީ ދަށުގައި ކަމަށެވެ. ރާއްޖެއަށް ތެޔޮ ގަންނަނީ ޕްލެޓްސްގެ ރޭޓަށް ބަލައިގެން ކަމަށާއި، ބްރެންޓް ކްރޫޑް ފަދަ މިންގަނޑުތަކުން ބެލި ނަމަވެސް އެވްރެޖް އަގުތައް މިހާރު ހުރީ ދަށަށް ގޮސްފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މާކެޓަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ތެލުގެ އަގު ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް ތެލުގެ އަގު ބޮޑުނުކޮށްގެން ސުވާލުތައް އަމާޒުވި ކަމަށާއި، ނަމަވެސް އޭރު އަގު ބޮޑުނުކުރީ ސްޓޮކުގައި ހުރި ތެލުގެ ޝިޕްމަންޓްތަކަށް ރިޢާޔަތްކޮށްފައި ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ދެން ތެލުގެ އަގުބޮޑުވުމުގެ ކަންތައްތައް؛ އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ދެއްތޯ ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް. އަޅުގަނޑަށް ކުރިން ސުވާލު އައީ ތެލުގެ އަގުބޮޑު ނުކޮށްގެން. އަޅުގަނޑު އެކަމަކު ނުކުރާނަމޭ ބުނީ، އޭރު ހުރި ޝިޕްމަންޓް ނުކުރާނަމޭ. އޭގެ ކުރިން އަޅުގަނޑުމެން އެހެރީ އެ ޝިޕްމަންޓްގެ އެންޓިސިޕޭޝަނަށް އަގުތައް ރަނގަޅުކޮށްފައޭ. ދެން އެންމެ ފުރަތަމައިނުން އަޅުގަނޑުމެން އޭރުގައި ހުރި، ސްޓޮކުގައި ހުރި ތެޔޮ؛ އަޅުގަނޑު ކުރީ ދުވަހެއްގައި ވެސް ވާހަކަ ދައްކަމުން ކިޔައިދިނީ ވަރަށް ރަނގަޅަށް، ތެލުގެ އަގުހަދާ ގޮތާއި، ތެލުގެ ސްޓޮކް ގެންގުޅޭ ގޮތާ. 
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގައި ތެލުގެ އަގު ކަނޑައެޅުމުގައި އޮންނަ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޔޫއޭއީ ފަދަ ގައުމުތަކުގައި ކޮންމެ މަހަކު އެއްފަހަރު އަގުތައް މުރާޖައާކޮށް އާންމުކުރާ ކަމަށެވެ. ރާއްޖޭގައި ވެސް ސްޓޮކަށް ބަލައި، ކޭޝްފްލޯއަށް ބޭނުންވާ މިންވަރާއި ލިބެންޖެހޭ ރިޓާންއަށް ރިޢާޔަތްކޮށް އަގުތަކަށް ބަދަލު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަގަށް ބަދަލު ގެނައި ނަމަވެސް، މަސްވެރިކަން ފަދަ ނާޒުކު ދާއިރާތަކަށް ސަރުކާރުން ސަބްސިޑީ ދެމުންގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ ފަހުން ގެނައި ޝިޕްމަންޓްތަކުގެ އަގު ބޮޑުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަގުތައް ދަށަށްދާނަމަ އެވްރެޖްކޮށް އަގުތައް ހިފެހެއްޓޭނެ ކަމަށެވެ. ތެލުގެ އަގު ބޮޑުކުރަން ޖެހޭނެ ކަމަށް އެންމެން ގަބޫލުކުރި ނަމަވެސް، ސަރުކާރުން ބަލަނީ އެކަން ކުރާނެ ގޮތަކާއި، ބޮޑުކުރާނީ ކޮން އިންޑަސްޓްރީތަކަކަށްތޯ ބަލައި، އެކަންކަން ވަރަށް ބޮޑަށް މޮނިޓަރު ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މޫސާ ޒަމީރުމެދު އިރުމަތިތެޔޮތެލުގެ ދަތިކަންތެޔޮ އަގުބޮޑުވުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2026

އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ ދިވެހިރާއްޖެ އަށް ހަމަލާ ދިނުން ފަދަކަމެއް: ޒަމީރު

25 މާރިޗު 2026
 އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ ދިވެހިރާއްޖެ އަށް ހަމަލާ ދިނުން ފަދަކަމެއް: ޒަމީރު
25 މާރިޗު 2026

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026
މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު
23 މާރިޗު 2026

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

23 މާރިޗު 2026
އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި
23 މާރިޗު 2026

އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް އިތުރަށް ބޮޑު ކުރާނެ: އައްބާސް

23 މާރިޗު 2026
އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް އިތުރަށް ބޮޑު ކުރާނެ: އައްބާސް
23 މާރިޗު 2026

ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

23 މާރިޗު 2026
ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު
22 މާރިޗު 2026

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި
22 މާރިޗު 2026

މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!

22 މާރިޗު 2026
މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
19 މާރިޗު 2026

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ
17 މާރިޗު 2026

ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި

17 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް