Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިރާން ހަނގުރާމަ

އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ ދިވެހިރާއްޖެ އަށް ހަމަލާ ދިނުން ފަދަކަމެއް: ޒަމީރު

25 މާރިޗު 2026 | ބުދަ 14:48

އެމެރިކާ އަދި އިޒްރޭލުން އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އިރާނަށް ހަމަލާދެމުން ދާކަމަށް އިރާނުން ތުހުމަތުކުރޭ. އަދި އިރާނަށް ހަމަލާދިނުމަށް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، ވައިގެ ސަރަހައްދު އެމެރިކާއަށް ހުޅުވާލުމަކީ މި ހަނގުރާމައިގައި އިރާނާއި ދެކޮޅަށް އަރަބި ގައުމުތަކުން ސީދާ ބައިވެރިވުން ކަމަށް އިރާނުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 މާރިޗު 2026 | ބުދަ 14:48
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ އިން ބޭނުންކުރާ އަރަބި ގައުމުތަކުގައި ގާއިމްކޮށްފައިވާ އެގައުމުގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ، ދިވެހިރާއްޖޭގައި އެމެރިކާގެ ޓޫރިސްޓުން އުޅޭކަމަށް ބުނެ ރާއްޖެ އަށް އީރާނުން ހަމަލާދިނުމާ އެއްފަދަ ކަމެއް ކަމަށް ރައީސް މުއިއްޒުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ ގަބޫކުރެވޭ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ރައީސް މުއިއްޒު ވެސް ނުހަނު ކަންބޮޑުވާކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާރުން ހަމަލާދިނުން ކުށްވެރިކުރައްވައި ޒަމީރު ވަނީ، އެއީ ރާއްޖޭގައި އެމެރިކާ ޓޫރިސްޓުން އުޅެޔޭކިޔާފަ ރާއްޖެ އަށް އީރާނުން ހަމަލާ ދިނުމާ އެއްފަދަކަމެއްގެ ގޮތުގަ ސިފަކުރައްވާފަ އެވެ. 

އަޅުގަނޑުމެން ހަމަ ވަރަށް ކަންބޮޑުވޭ މެދުއިރުމަތީގެ ގައުމުތަކަށް އިރާނުން ހަމަލާދޭތީ. އެގަމުތަކުން ރާއްޖެއަށް ވަރަށް އެހީވޭ. އެގަމުތަކުން އިސްވެ އިރާނާ ހަނގުރާމަ ނުކުރާއިރު، އީރާނުން އެގައުމުތަކަށް ހަމަލާދިނުމަކީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫން. އިރާނުން ކުރި ނަމަވެސް، އަދި އެހެން ގައުމަކުން ކުރިކަމުގަ ވިޔަސް. އަޅުގަނޑަށް ހަމަ އުނދަގޫ ގަބޫލުކުރަން. މިސާލަކަށް ރާއްޖޭގައި އެމެރިކާގެ ޓޫރިސްޓުން ތިއްބޭ ކިޔާފަ ރާއްޖެ އަށް ހަމަލާދިނުން ފަދަ ކަމެއް ކަންނޭންގެ އެއީ. އަޅުގަނޑަށް ގަބޫލުކުރެވެނީ އެކަހަލަ ގޮތަކަށް. އެކަމު އެހެންވެގެނެއް ނުވާނެ.  
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު ޒަމީރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އަރަބި ގައުމުތަކާ މި ސަރުކާރާ އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ދާދިފަހުން އެކުވެރި އަރަބި އިމާރާތުން ވެސް ވަނީ ރާއްޖެއިން އެ ގައުމުން ނަގާފައިވާ ސަތޭކަ މިލިއަން ޑޮލަރުގެ ސުކޫކެއް ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެފައި ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ.

އެމެރިކާ އަދި އިޒްރޭލުން އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދެމުން ދާކަމަށް އިރާނުން ތުހުމަތުކުރެ އެވެ. އަދި އިރާނަށް ހަމަލާދިނުމަށް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، ވައިގެ ސަރަހައްދު އެމެރިކާއަށް ހުޅުވާލުމަކީ މި ހަނގުރާމައިގައި އީރާނާއި ދެކޮޅަށް އަރަބި ގައުމުތަކުން ސީދާ ބައިވެރިވުން ކަމަށް އިރާނުން ބުނެ އެވެ.

މޫސާ ޒަމީރުމެދު އިރުމަތިއީރާން-އިޒްރާއިލް-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2026

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026
މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު
23 މާރިޗު 2026

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

23 މާރިޗު 2026
އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި
23 މާރިޗު 2026

ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

23 މާރިޗު 2026
ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު
22 މާރިޗު 2026

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
19 މާރިޗު 2026

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ
17 މާރިޗު 2026

ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި

17 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި
17 މާރިޗު 2026

ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް

17 މާރިޗު 2026
ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް
17 މާރިޗު 2026

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

17 މާރިޗު 2026
ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ
17 މާރިޗު 2026

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

17 މާރިޗު 2026
މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް