Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޝްރަފް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

2025 ވަނަ އަހަރުގެ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕީއެސްޖީގެ މޮރޮކޯގެ ޑިފެންޑަރ އަޝްރަފް ހަކީމީ ވަނީ ހޯދައިފަ އެވެ. މިއާއެކު ހަކީމީ ވެފައި ވަނީ 1998 ވަނަ އަހަރު މުސްތަފާ ހާޖީ އަށް ފަހު މި މަގާމަށް ހޮވުނު މޮރޮކޯގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މުހައްމަދު ސަލާހް އަދި ވިކްޓަރ އޮސިމްހޭން ފަހަތަށް ޖައްސާލައި މޮރޮކޯގެ ޑިފެންޑަރ އަޝްރަފް ހަކީމީ 2025 ވަނަ އަހަރުގެ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 08:25
އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަކީމީ އުފުލާލަނީ

އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަކީމީ އުފުލާލަނީ

2025 ވަނަ އަހަރުގެ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮރޮކޯ އަދި ޕީއެސްޖީ ގެ ޑިފެންޑަރ އަޝްރަފް ހަކީމީ ހޯދައިފި އެވެ.

އުމުރުން 27 އަހަރުގެ އަޝްރަފް ހަކީމީ އާއި މި މަގާމަށް އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލް އަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އާއި ނައިޖީރިޔާގެ ވިކްޓަރ އޮސިމްހޭން އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ ނިމިގެންދިޔަ ސީޒަނުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ހަކީމީ ވަނީ ފާއިތުވި ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހޯދައިދިނުމުގެ އިތުރުން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ހަކީމީ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމަށްފަހު ހަކީމީ ބުނެފައިވަނީ މި އެވޯޑަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި އެވޯޑު ލިބުމަކީ އޭނާ އަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށާއި މި އެވޯޑް ހޯދުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ހަކީމީ ބުންޏެވެ.

އަޝްރަފް ހަކީމީ 2025 ވަނަ އަހަރުގެ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު އޭނާ ވެފައިވަނީ 1998 ވަނަ އަހަރު މޮރޮކޯގެ މުސްތަފާ ހާޖީ އަށް ފަހު މި މަގާމަށް ހޮވުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިއީ މޮރޮކޯގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ފާހަގަކުރެ އެވެ.

މޮރޮކޯގެ ވެރިރަށް ރަބަތް ގައި ބޭއްވި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ އެވޯޑް ރަސްމިއްޔާތުގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ މޮރޮކޯގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގިޒަލާން ޗެބަކް އެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ މޮރޮކޯ އަދި ސައުދީ އަރަބިޔާގެ އަލް ހިލާލް ގެ ކީޕަރު ޔަސީން ބޮނޯ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިން ހޮވަނީ ސީއޭއެފްގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުންނާއި އެފްރިކާގެ ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންގެ ވޯޓުންނެވެ.

2025 ވަނަ އަހަރުގެ ސީއޭއެފް އެވޯޑުތައް ކާމިޔާބުކުރި ފަރާތްތައް
2025 ވަނަ އަހަރުގެ ސީއޭއެފް އެވޯޑުތައް ކާމިޔާބުކުރި ފަރާތްތައް

2025 ވަނަ އަހަރުގެ (ސީއޭއެފް) އެވޯޑްސް ހާސިލްކުރި ފަރާތްތައް

  • އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: އަޝްރަފް ހަކީމީ (ޕެރިސް ސެއިންޓް-ޖަރްމެއިން އަދި މޮރޮކޯ)
  • އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ޣިޒްލެއިން ޗެބާކް (އަލް-ހިލާލް އަދި މޮރޮކޯ)
  • އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗު: ބުބިސްޓާ (ކޭޕް ވާޑް)
  • އަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރު: ޔާސީން ބޮނޫ (އަލް-ހިލާލް އަދި މޮރޮކޯ)
  • އަހަރުގެ އެންމެ މޮޅު އަންހެން ގޯލްކީޕަރު: ޗިއަމަކާ ނަޑޯޒީ (ބްރައިޓަން އެންޑް ހޯވް އަލްބިއަން އަދި ނައިޖީރިއާ)
  • އަހަރުގެ އެންމެ މޮޅު ފިރިހެން ގައުމީ ޓީމު: މޮރޮކޯ އަންޑަރ-20
  • އަހަރުގެ އެންމެ މޮޅު އަންހެން ގައުމީ ޓީމު: ނައިޖީރިއާ
  • އަހަރުގެ އެންމެ މޮޅު ފިރިހެން ކްލަބް: ޕިރަމިޑްސް (މިސްރު)
  • އަހަރުގެ އެންމެ މޮޅު ފިރިހެން އިންޓަރކްލަބް ކުޅުންތެރިޔާ: ފިސްޓަން މަޔެލޭ (ޕިރަމިޑްސް އަދި ޑީއާރް ކޮންގޯ)
  • އަހަރުގެ އެންމެ މޮޅު ފިރިހެން ޒުވާން ކުޅުންތެރިޔާ: އޮތްމާން މާމާ (ވޮޓްފޯޑް އަދި މޮރޮކޯ)
  • އަހަރުގެ އެންމެ މޮޅު އަންހެން ޒުވާން ކުޅުންތެރިޔާ: ދޯހާ އަލް މަދަނީ (އޭއެސް އެފްއޭއާރް އަދި މޮރޮކޯ)
  • އަހަރުގެ އެންމެ މޮޅު ގޯލް (ފޭނުން ވޯޓުލި): ޔަންގް އެފްރިކަންސް އާއި ޓީޕީ މަޒެމްބޭ ދެމެދު ކުޅުނު މެޗުގައި ކްލެމެންޓް މްޒީޒް ޖެހި ގޯލު.
ސީއޭއެފް އެވޯޑްސް 2025އަޝްރަފް ހަކީމީމޮރޮކޯއެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

03 ޖުލައި 2024
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު