Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްކޮން

ޙާލަތު ގޯސްވި ފައިނަލް ކާމިޔާބުކޮށް، ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފި

މިއީ ސެނެގާލް އިން އެ ޤައުމުގެ ތާރީޚުގައި އެފްރިކަން ކަޕް ކާމިޔާބު ކުރި ދެ ވަނަ ފަހަރު. މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސެނެގާލް އިން ވަނީ އެފްރިކަން ކަޕް ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 04:52
ސެނެގާލް އިން މުބާރާތުގެ ތަށި އުފުލާލަނީ

ސެނެގާލް އިން މުބާރާތުގެ ތަށި އުފުލާލަނީ | ރޮއިޓަސް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މޮރޮކޯ ބަލިކޮށް، ސެނެގާލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ފައިނަލް މެޗު ސެނެގާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނެތުމުން، އިތުރު ވަގުތުގެ 15 މިނެޓުގެ ގޮތުގައި ކުޅުނު ހާފުގައި ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް މޮރޮކޯ އަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެއާ އެކު، ސެނެގާލްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ދަނޑުގެ ޙާލަތު ގޯސްވުމުގެ ސަބަބުން މެޗު ވަނީ ވަގުތު ކޮޅަކަށް މެދު ކަނޑާލައިފަ އެވެ. މޮރޮކޯ އަށް ދިން ޕެނަލްޓީއާ މެދު ހިތްހަމަ ނުޖެހި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ވެސް ފޭބި އެވެ.

ނަމަވެސް، ފަހުން ސެނެގާލްގެ ކުޅުންތެރިން މެޗު ކުޅުމަށް އައިއިރު، މޮރޮކޯ އިން ޕެނަލްޓީ ޖެހި އެވެ. މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަލްޓީ، ސެނެގާލްގެ ގޯލު ކީޕަރު އެޑުއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ފުރަތަމަ ހާފުގައި ސެނެގާލް އިން ވަނީ ލަނޑު ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު ސެނެގާލް އަށް ޖަހައިދިނީ ޕާޕޭ ގޭއި އެވެ.

މިއަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް މޮރޮކޯގެ ޑިއާޒް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ މޮރޮކޯގެ ޔާސީން ބޯނޯ އެވެ. 

މިއީ ސެނެގާލް އިން އެ ޤައުމުގެ ތާރީޚުގައި އެފްރިކަން ކަޕް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސެނެގާލް އިން ވަނީ އެފްރިކަން ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްސެނެގާލް މޮރޮކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

15 ޖެނުއަރީ 2026
އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

11 ޖެނުއަރީ 2026
އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

10 ޖެނުއަރީ 2026
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު