Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްކޮން

އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

ސެމީ ފައިނަލްގައި ސެނެގާލް ނިކުންނާނީ މިޞްރާއި، އައިވަރީ ކޯސްޓު ކުޅެގެން މޮޅުވާ ޓީމަަކާ ދެކޮޅަށް. ސެމީ ފައިނަލްގައި މޮރޮކޯ ނިކުންނާނީ އަލްޖީރިއާ އާއި، ނައިޖީރިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 03:57
މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއަރޓަރ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށް، ސެނެގާލް އާއި މޮރޮކޯ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގައި ސެނެގާލް ނިކުތީ މާލީއާ ދެކޮޅަށެވެ. އެ މެޗު ސެނެގާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސެނެގާލް އިން ހަމައެކަނި ލަނޑު ޖެހީ 27 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިލިމާން އެންޑިޔާއޭ އެވެ. ސެމީ ފައިނަލްގައި ސެނެގާލް ނިކުންނާނީ މިޞްރާއި، އައިވަރީ ކޯސްޓު ކުޅެގެން މޮޅުވާ ޓީމަަކާ ދެކޮޅަށެވެ. 

ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު ދެ ވަނަ ކުއަރޓަރ ފައިނަލްގައި މޮރޮކޯ އިން ވަނީ ކެމަރޫންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗު މޮރޮކޯ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި މޮރޮކޯ އަށް ލީޑު ނަގައިދިނީ ބްރަހިމް ޑިއާޒް އެވެ. އެ ލަނޑު އޭނާ ޖެހީ އަޔޫބް އަލް ކާބިލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއާޒް ވަނީ، މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ލަނޑު ޖަހައިފަ އެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗާއި، ގަދަ 16 ވަނަ ބުރުގެ މެޗު އަދި ކުއާޓާ ފައިނަލް މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.

މޮރޮކޯ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. އެ ލަނޑު މޮރޮކޯ އަށް ޖަހައިދިނީ އިސްމާއިލް ސައިބަރީ އެވެ. އެއީ ނަޔީފް އަޑުއާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި މޮރޮކޯ ނިކުންނާނީ ކުއަރޓަރ ފައިނަލްގައި އަލްޖީރިއާ އާއި، ނައިޖީރިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

އަލްޖީރިއާ އާއި ނައިޖީރިއާ ބައްދަލު ކުރާ ކުއަރޓަރ ފައިނަލް މެޗު އޮތީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައެވެ. މިޞްރާއި، އައިވަރީ ކޯސްޓު ބައްދަލު ކުރާ މެޗު އޮތީ ދަންވަރު 12 ޖަހާއިރު އެވެ.

އެފްކޮންސްއެފްރިކަން ކަޕް އޮފް ނޭޝަންސްސެނެގާލް މޮރޮކޯ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
01 އޮކްޓޯބަރު 2024

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2024

އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު

15 ޖެނުއަރީ 2024
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު