Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެނެގާލް

ޖަޒުބާތުގައި ޖެހެވުނީ ކަމަށް ބުނެ، ސެނެގާލްގެ ކޯޗު ތިއޯ މައާފަށް އެދެފި

ތިއޯ ބުނީ ބައެއް ފަހަރު ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރެވޭ ކަމަށާއި، އޭނާ އަށް ވެސް ދިމާވީ އެހެން ކަމަށް. ސެނެގާލް އިން ޖެހި ލަނޑެއް ރެފްރީ ޤަބޫލު ނުކުރިއިރު، ސުވާލު އުފެދޭ ކަމެއްގައި ޕެނަލްޓީ ދިނުމުން ޖަޒުބާތުގައި ޖެހުނީ ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 04:31
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސެނެގާލްގެ ކޯޗު ޕާޕާ ތިއޯ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސެނެގާލްގެ ކޯޗު ޕާޕާ ތިއޯ | ރޮއިޓަސް

މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ސެނެގާލްގެ ކުޅުންތެރިން ދަނޑު ފައިބަން އެންގުނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ޕާޕާ ތިއޯ މައާފަށް އެދިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ސެނެގާލް ވާދަކޮށްފައި ވަނީ މޮރޮކޯއާ އެވެ. މެޗުގެ ފަހު ވަގުތު މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމުމުން، މެޗު ވަރަށް ބޮޑަށް ހޫނު ވެގެން ދިޔަ އެވެ. އެއާ އެކު ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައިރު، ކުޅުންތެރިން ދަނޑުން ފޭބުމަށް އެންގީ ތިއޯ އެވެ. ނަމަވެސް ސެނެގާލްގެ ކުޅުންތެރިން ފަހުން މެޗު ކުޅެން ދަނޑަށް އައިއިރު، މޮރޮކޯގެ މައްޗަށް ސެނެގާލް އިން ކުރި ހޯދީ 1-0 އިންނެވެ.

މެޗު ނުކުޅެ ދަނޑުން ފައިބައިގެން ދިޔަ މައްސަލައިގައި އެފްރިކާގެ ފުޓުބޯޅަ އިދާރާ އިން އަންނަނީ ތިއޯގެ މައްސަލަ ބަލަމުންނެވެ. އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީ އިން މައްސަލަ ބަލަމުން އަންނައިރު، ކުޅުންތެރިންނަށް ދަނޑުން ފައިބަން އެންގުމާއި، މެޗު ނުކުޅެ މަޑު ކުރަން ނިންމުމުން ތިއޯ އަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އޭގެ ފަހުން ވާހަކަ ދައްކަމުން ތިއޯ ބުނީ އެ ހާދިސާގެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، ފުޓުބޯޅަ އާއިލާގެ ކިބައިން މައާފަށް އެދޭކަން ފާހަގަކޮށް ތިއޯ ބުނީ، ރެފްރީންނަށް ހެދުނު ގޯސް ވެސް ޤަބޫލު ކުރާ ކަމަށެވެ. ނަމަވެސް ސެނެގާލް އިން ދަނޑުން ފައިބައިގެން ގޮސްގެން ނުވާނެ ކަމަށާއި، މިހާރު އެކަމަށް މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ތިއޯ ބުނީ ބައެއް ފަހަރު ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރެވޭ ކަމަށާއި، އޭނާ އަށް ވެސް ދިމާވީ އެހެން ކަމަށެވެ. ސެނެގާލް އިން ޖެހި ލަނޑެއް ރެފްރީ ޤަބޫލު ނުކުރިއިރު، ސުވާލު އުފެދޭ ކަމެއްގައި ޕެނަލްޓީ ދިނުމުން ޖަޒުބާތުގައި ޖެހުނީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ސެނެގާލްގެ ކުޅުންތެރިން އަލުން އަނބުރާ ދަނޑަށް އައިސް މެޗު ކުޅުނީ ވެސް އޭނާ އަންގައިގެން ކަމަށް ތިއޯ ބުނެފައިވެ އެވެ.

މޮރޮކޯ ބަލިކޮށް ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ސެނެގާލް އިން އެ މުބާާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސެނެގާލް އިން ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ފައިނަލް މެޗުގައި ކުޅުންތެރިން ދަނޑުން ފައިބަން ތިއޯ އެންގުމުން، ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކޮށް، އޭނާ އަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމުންނެވެ. 

އެފްރިކަން ކަޕް އޮފް ނޭޝަންސްސެނެގާލް ޕާޕާ ތިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޙާލަތު ގޯސްވި ފައިނަލް ކާމިޔާބުކޮށް، ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފި

ޙާލަތު ގޯސްވި ފައިނަލް ކާމިޔާބުކޮށް، ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފި

19 ޖެނުއަރީ 2026
އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

15 ޖެނުއަރީ 2026
އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

11 ޖެނުއަރީ 2026
އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

10 ޖެނުއަރީ 2026
ފަސޭހަ މޮޅަކާއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް

ފަސޭހަ މޮޅަކާއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް

04 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު