Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއެލް

އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި

އާރްޓީއެލްގެ ޚިދުމަތް ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުމާ ގުޅިގެން، މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ. ދެ އަތޮޅުގެ މެދުގައި ކުރާ ދަތުރުތަކާއެކު ޖުމުލަ 6 ރޫޓެއްގައި ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، މިއީ އެ ސަރަހައްދުގެ ދަތުރުފަތުރަށާއި އިގްތިސާދަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް އެމްޓީސީސީ އިން ބުނޭ. ނަމަވެސް، މި ޚިދުމަތުގެ ޝެޑިއުލްތަކަށް ބަދަލު އައުމާއި ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 06:23
އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުން

އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުން | އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް ޒޯން 4 ގެ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި އެވެ. 

އެ ދެ އަތޮޅަށް އެ ޚިދުމަތް އަންގާރަ ދުވަހު ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އެކަމަށްޓަކައި ބޭއްވި އެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވި އެވެ.

Advertisement - newsAdvertisement

މި ޚިދުމަތް ފެށުމާ ގުޅިގެން އެމްޓީސީސީ އިން ބުނީ ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ގެ ދަތުރުތައް އާންމުން ތަޖުރިކޮށްލުމުގެ ގޮތުން ހަފުތާއެއް ވަންދެން ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މި ދެ އަތޮޅުގައި މި ޚިދުމަތް ފެށިގެން ދިޔުމަކީ އިގްތިސާދީ ގޮތުން ލިބޭ ކުރިއެރުމެއް ކަމަށާއި ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން، މި މަހުގެ  25 އިން ފެށިގެން ދަތުރުތައް ކުރިއަށް ދާނީ ޓިކެޓް ނަގައިގެން ކަމަށާ ޓިކެޓް ގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 6 ރޫޓަކަށް ދަތުރުތައް ކުރާނެ ކަމަށެވެ. އެއީ ފ. އަތޮޅުގެ އެއްރޫޓާއި، ދ. އަތޮޅުގެ ދެ ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓް ކަމަށެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ ފ. ނިލަންދު އާއި ދ. މީދޫއާ ދެމެދުގައި ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ހާމަކޮށްފަ އެވެ. އަދި މި ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ 2 ފެރީ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ ކުރީގެ ސަރުކާރުގައި ވަރަށް ރަނގަޅަށް ދެމުންއައި އާރްޓީއެލް ފެރީގެ ޚިދުމަތަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ދަތުރު ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރާ ކަމުގެ ޝަކުވާއާއި، ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ނެތުމަކީ ހަފްތާ ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ބުނެ އެވެ. 

އާރްޓީއެލްއެމްޓީސީސީފ. އަތޮޅު-ދ. އަތޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!

މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!

14 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި

މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި

10 ފެބުރުއަރީ 2026
ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު