Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ.މަގޫދޫ

މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

27 ފެބުރުއަރީ 2026 | ހުކުރު 11:09

މަޝްރޫއު އެއްކޮށް ނުނިމެނީސް އެއްވެސް އެއްވެސް އެއްޗެއް ރަށުން ބޭރު ނުކުރެވޭނެ ކަމަށް ރަށުގެ ރައްޔިތުން ބުނާއިރު، މި ތަކެތި ގެންދަން އުޅެނީ އއ. އުކުޅަހުގެ މަގު ހެދުމުގެ މަސައްކަތަށް ކަމަށް މައުލޫމާތު ލިބޭ. އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާއިރު، ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އަހަރެއްގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް. އެހެން ނަމަވެސް މަޝްރޫއަށް އެދެވޭ ކުރިއެރުމެއް ނުލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 27 ފެބުރުއަރީ 2026 | ހުކުރު 11:09
ފ.މަގޫދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ގެނެސްފައިވާ ހިލަވެލި ބަލާ ދިޔަ އެމްޓީސީސީގެ ބާޖް.

ފ.މަގޫދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ގެނެސްފައިވާ ހިލަވެލި ބަލާ ދިޔަ އެމްޓީސީސީގެ ބާޖް. | ރާއްޖެއެމްވީ

ފ. މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ އެކަން ހުއްޓުވައިފި އެވެ. 

ހުކުރު ދުވަހުގެ ހެނދުނު އެރަށަށް އެމްޓީސީސީގެ ބާޖެއް ވަނީ ގޮސްފަ އެވެ. 

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލުން ބުނީ، މަގޫދޫގައި ތަރައްގީ ކުރާ އެއަރޕޯޓުގެ އަމަލީ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިހާރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެއަރޕޯޓުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަންކަން ފާހަގަކޮށް ކައުންސިލުން ބުނީ ރަންވޭގެ މަސައްކަތުގެ އެއްބައި ނިންމުމަށްފަހު މަސައްކަތް ހުއްޓާލިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

ކައުންސިލުން ބުނީ، އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ހިލަވެއްޔާއި، އާލާތްތައް އެބަހުރި ކަމަށާއި، މިމަޝްރޫއު ނިންމުމަށްފަހު ގިނަ އަދަދެއްގެ ހިލަވެލި ބާކީވާނެ ކަމަށް އެމްޓީސީސީން ބުނަމުންދާ ކަމަށެވެ. ނަމަވެސް މިހާރު އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، އަދި މަޝްރޫއު އެއްކޮށް ނުނިންމާ ހިލަވެއްޔާއި، އެހެނިހެން އާލާތްތައް ރަށުން އެހެން ރަކަށް ނުގެންދެވޭނެ ކަަމަށް ކައުންސިލުން ބުންޏެވެ. 

ކައުންސިލުން ބުނީ، މީގެ ކުރިން ދެތިން ފަހަރަކަށް މިހާރު އެމްޓީސީސީން ހިލަވެލި، ދޯންޏެއްގައި އަދި ބާޖެއްގައި ވެސް ގެންގޮސްފައިވާ ކަަމަށެވެ. އަދި ހުކުރު ދުވަހުގެ ހެނދުނު އަނެއްކާގެ ހިލަވެއްޔާއި، އެހެނިހެން އާލަތްތައް ގެންދިއުމަށް ބާޖެއް އައިސްފައިވާ ކަަމަށާއި، އެ ބާޖު ރަށަށް ކައިރި ކުރުމުގެ ފުރުސަތު ނުދީ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އެކަން ހުއްޓުވާފައިވާ ކަަމަށެވެ. 

މީގެ އިތުރުން ކައުންސިލުން ބުނީ، އެއަރޕޯޓުގެ މަޝްރޫއުއަށް ގެނެސްފައިވާ އެއްވެސް އެއްޗެއް އެހެން ރަށަކަށް ނުގެންދެވޭނެ ކަމަށާއި،  އެފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ ބާޖު ބަނދަރުގެ ބޭރުގައި މަޑު ކޮށްފައިވާ ކަަމަށް ކައުންސިލުން ބުންޏެވެ. އަދި މި ހިލަވެލި ގެންދިއުމަށް މަސައްކަތް ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އއ.އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

ފ.މަގޫދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ގެނެސްފައިވާ ހިލަވެލި ބަލާ ދިޔަ އެމްޓީސީސީގެ ބާޖަށް ހުރަސްއެޅުމުގެ މީހަކު އަޑު އުފުލަނީ.

ފ.މަގޫދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ގެނެސްފައިވާ ހިލަވެލި ބަލާ ދިޔަ އެމްޓީސީސީގެ ބާޖަށް ހުރަސްއެޅުމުގެ މީހަކު އަޑު އުފުލަނީ.

ގާތްގަނޑަކަށް 900 މީހުންގެ އާބާދީ އެއް އޮންނަ މަގޫދޫ ރައްޔިތުން އެއަރޕޯޓުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ މީގެ ކުރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. 

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއި ގުޅިގެން މަޝްރޫއު ކުރިއަށް ގެންގޮސްފައިނުވެ އެވެ. ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން ފ.އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި އެރަށަށް 21 ސެޕްޓެންބަރު 2025 ގައި ވަޑައިގަންނަވައި ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ފ.މަގޫދޫއެމްޓީސީސީފ. މަގުދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި

18 ފެބުރުއަރީ 2026
އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި
17 ފެބުރުއަރީ 2026

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ
14 ފެބުރުއަރީ 2026

މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!

14 ފެބުރުއަރީ 2026
މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!
12 ފެބުރުއަރީ 2026

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!
10 ފެބުރުއަރީ 2026

މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި

10 ފެބުރުއަރީ 2026
މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި
08 ފެބުރުއަރީ 2026

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

08 ފެބުރުއަރީ 2026
ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް
27 ޖެނުއަރީ 2026

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

27 ޖެނުއަރީ 2026
2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް
20 ޖެނުއަރީ 2026

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

20 ޖެނުއަރީ 2026
ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!
15 ޖެނުއަރީ 2026

ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

15 ޖެނުއަރީ 2026
ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި
15 ޖެނުއަރީ 2026

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

15 ޖެނުއަރީ 2026
ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް