Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ލައިންގެ ހިދުމަތް

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ދިން 3 ވަނަ ތާރީހު ފަހަނައަޅައިގޮސް އަނެއްކާވެސް އިތުރު ތާރީހެއް ދީފި

ސަރުކާރުން އަލަށް ފަށާ ޓެކްސީ ލައިންގެ ޚިދުމަތް މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ. މި ޚިދުމަތަށް ބޭނުންވާ ޓެކްސީތައް ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ބެޗު މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި. އެމްޓީސީސީއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢު ފެށުން އެކި ސަބަބުތަކާ ހުރެ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 14:44
ޓްރާންސްޕޯޓް މިނިސްޓަރު އަމީނު (ވ) އާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު (ވ).

ޓްރާންސްޕޯޓް މިނިސްޓަރު އަމީނު (ވ) އާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު (ވ). | ރާއްޖެ އެމްވީ

3 ފަހަރެއްގެ މަތިން ތާރީހު ދިނުމަށްފަހު ވެސް ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިންގެ ހިދުމަތް ނުފެށި އަނެއްކާ ވެސް އިތުރު ތާރީހެއް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ދެއްވައިފި އެވެ. 

3 ފަހަރެއްގެ މަތިން ޓެކްސީ ލައިންގެ ހިދުމަތް ފަށަން ތާރީހު ދީފައިވާ އިރު، އެންމެ ފަހުން މި ހިދުމަތް ފަށާނެ ކަމަށް "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔަ އިރު ވެސް ހިދުމަތް ނުފަށަ އެވެ. 

ޓެކްސީ ލައިންގެ ހިދުމަތާއި ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ އިލެކްޓްރޯނިކް ނިޒާމުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް މޫދާ ވަރަށް ކައިރީގައި އޮތުމުން، ލޮނުގެ އަސަރުކުރާތީ ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިމިގެން 2 ބެޗަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ އެމް.ޓީ.ސީ.ސީ އިން ޕްލޭން ކޮށްފައި އޮތީ 2 ޤައުމެއްގައި 2 ބެޗަކަށް ތައްޔާރުކޮށްގެން ގެންނަން ކަމަށެވެ. 

އަދި ދެ ބެޗު ވެސް މިހާރު ނިމިގެން ރާއްޖެއަށް އައުމުގެ މަގުމަތީގައި އުޅޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ބުދަ ދުވަހު އެއް ބެޗު ސްރީލަންކާގެ ޕޯޓަށް ވަންނާނެ ކަމަށާއި، އެހެންވީމާ، ލިބިފައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، އިރާދަކުރެއްވިއްޔާ މި މަހުގެ 11 ވަނަ ދުވަހު އެއް ބެޗު ރާއްޖެ އަންނާނެ ކަމަށެވެ.

ދެން ދެ ވަނަ ބެޗު އަންނަނީ ޗައިނާއިން. އެއީ އިތުރަށް ޖުމުލަ ތިން މޮޑެލްއަށް މީގެތެރޭގައި މި ހިމެނެނީ ޓެކްސީގެ އެއް މޮޑެލެއް އަންނަނީ ތައިލެންޑުން. އަނެއް ދެ މޮޑެލް އަންނަނީ ޗައިނާއިން އިނގޭތޯ. މި އަނެއް ދެ މޮޑެލް މިހާރު އައުމުގެ މަގުމަތީގައި އަޅުގަނޑަށް ޔަޤީން އަޅުގަނޑު މިއަދު ދެން މި ތަނަށް އަންނަން މަޢުލޫމާތު ސާފުކޮށްލި އިރުގައި މާދަން ނޫން އަނެއް ދުވަހު އެއީ ހުކުރު ދުވަހު އެރައިވަލް ޑޭޓް ލިބޭނެ ދެ ވަނަ ބެޗުގަ. ފުރަތަމަ ބެޗުގެ އެރައިވަލް ޑޭޓަކީ ޓެކްސީތަކުގެ އެރައިވަލް ޑޭޓަކީ މި މަހުގެ އެގާރަ އިނގޭތޯ. އެހެންވީމަ އަޅުގަނޑު އުއްމީދުކޮށްގެން މަސައްކަތްކުރަމުން މި ގެންދަނީ. މި ޓެކްސީ ލައިނަކީ ހަމަ ޑަންލާފަ އެއްދުވަހު ފުލް ފުލެޖް އޮޕަރޭޝަނަކަށް ނެރެވޭނެ ކަންތައްތައް، އޭގެ އެޕްލިކޭޝަން ޕްރޮސެސްއަކާ ހުޅުވާލަމުން ގެންދާނީ މި ވަކި މިންގަނޑު ތެރޭގައި. އެކަމަކު ޓެކްސީލައިންގެ އިފްތިތާޙުކޮށް ލިމިޓެޑް ސަރވިސްތަކެއް ފެށުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ އިރާދަކުރެއްވިއްޔާ މި މަހުގެ 18 އަށް. އީދަށް މި ކަންތައް ފެށޭތޯ އެމް.ޓީ.ސީ.ސީ.ން މަސައްކަތްކުރަމުން ދަނީ. އެ އެމް.ޓީ.ސީ.ސީ.ން ސަރުކާރާ ގުޅިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މިހާރު މި އޮތް ތާވަލާ އެއްގޮތަށް މި ކަންތައް ކުރެވޭތޯ ބަލަނީ އިނގޭތޯ؟ 
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން 

އެންމެ ފުރަތަމަ މި ހިދުމަތް ފެށުމަށް ސަރުކާރުން ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރެ އެވެ. ނަމަވެސް ސަރުކާރުން ބުނި ގޮތަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ހިދުމަތް ނުފެށި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ހިދުމަތް ފަށާފައި ނުވާ އިރު މިކަމާއި ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޓެކްސީ ލައިނާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮޑަކްޝަންގެ މައްސައްކަތް މިދިޔަ އަހަރުގެ ޖޫން މަހު ފަށާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޓީސީސީޓްރާންސްޕޯރޓް މިނިސްޓަރ އަމީންޓެކްސީ ލައިން

ކޮމެންޓް

އިތުރަށް ކިޔާލަން

މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

27 ފެބުރުއަރީ 2026
އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި

އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފަށައިފި

18 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!

މާލެ އާއި ހުޅުމާލެ އާ ދެމެދު ފެރީގެ ޚިދުމަތް ނުދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް، އެމްޓީސީސީން މަސައްކަތް ކުރީ އޮޅުވާލަން!

14 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު