Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. މުރައިދޫ

މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

އަބްދުލްކަރީމް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއީ ޕީޕީއެމް، ޕީއެންސީ މީހުން ކުރި މަސައްކަތެއް ނޫން ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އައު ޖެންސެންޓެއް ގެނެސްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމުގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ވެސް ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށް. މީގެ ކުރިން ވެސް މިކަމާ އަޑުއުފުލާތީ އެކި ކަހަލަ އިންޒާރުތައް ލިބެމުންދިޔަ ކަމަށް އޭނާ ވިދާޅުވި. މިއީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ގެނައި ޖެންސެޓެއް ކަމަށާއި، ކަރަންޓުގެ މައްސަލައަށް ދާއިމީ ހެއްލެއް ހޯދައިދިނުމަށް ކުރި ކަމެއް ނޫން ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 07:07
ހއ. މުރައިދޫ އަށް އައު ޖެންސެންޓް ގެނައި މަންޒަރު އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ ސޯޝަލް މީޑިއާއިން ލައިވް ކުރަނިކޮށް، ޕީއެންސީގެ އެކްޓިވިސްޓެއް ވީޑީއޯ އަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑީއޯގެ ސްކްރީން ޝޮޓެއް.

ހއ. މުރައިދޫ އަށް އައު ޖެންސެންޓް ގެނައި މަންޒަރު އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ ސޯޝަލް މީޑިއާއިން ލައިވް ކުރަނިކޮށް، ޕީއެންސީގެ އެކްޓިވިސްޓެއް ވީޑީއޯ އަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑީއޯގެ ސްކްރީން ޝޮޓެއް. | ރާއްޖެއެމްވީ

ހއ. މުރައިދޫ އަށް އައު ޖެންސެންޓް ގެނައި މަންޒަރު ސޯޝަލް މީޑިއާއިން ލައިވް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ އަށް ސަރުކާރުގެ ޕާޓީ ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި އެވެ. 

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ފެނަކައިން މުރައިދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ކަމަށް ބުނެ، 250 ކިލޯވޮޓުގެ އައު ޖެންސެޓް އެ ރަށަށް ގެންގޮސް ބޭލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި މިމަސައްކަތް ކުރަމުންދިޔަ މަންޒަރު އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް ސޯޝަލް މީޑިއާގައި ލައިވް ކޮށްފައިވެ އެވެ. އަދި ޕީއެންސީގެ ޓީޝާޓު ލައިގެން ހުރި އެކްޓިވިސްޓަކު ވީޑީއޯކުރުމަށް ހުރަސްއަޅާ މަންޒަރު ފެނެ އެވެ.

މި ހާދިސާ ހިނގާ ދިޔަ ގޮތް އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމަށް އޭނާ ވަނީ ވަރަށް ތަފްސީލް ކޮށް ކިޔައިދެއްވާފަ އެވެ. 

އަބްދުލްކަރީމް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއީ ޕީޕީއެމް، ޕީއެންސީ މީހުން ކުރި މަސައްކަތެއް ނޫން ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އައު ޖެންސެންޓެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމުގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ވެސް ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ޕީއެންސީގެ ބޭފުޅުންނާ ސުވާލުކޮށް، ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އަށް ޕްރެޝަރ ކުރާ ކަމަށާއި، ކަރަންޓު ކެނޑޭއިރަށް އެކަން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް އަޑު އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް މަސައްކަތް ކުރާތީ، އައު ޖެންސެޓް ގެންނައިރު އެކަން ހާމަނުކުރާނެ ކަމަށާއި، ލައިވް ކުރަން ނުކެރޭނެ ކަމަށް ބުނެ ޕީއެންސީއަށް ތާއީދު ކުރާ މީހުން ފުރައްސާރަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ހޮނިހިރު ދުވަހު އައު ޖެންސެޓް ބޭލުމުގެ މަސައްކަތް ކުރަމުންދިޔަ މަންޒަރު ލައިވްކޮށް ހިޔާލު ފާޅު ކުރަން ފެށުމުން ޕީއެންސީއަށް ތާއީދު ކުރާ މީހުންގެ ފަރާތުން ވަރަށް ބޮޑަށް ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށާއި، މާރާމާރީ ހިންގުމަށް މަސައްކަތް ކުރި ކަމަށް އަބްދުލްކަރީމް ވިދާޅުވި އެވެ. 

މީގެ އިތުރުން އަބްދުލްކަރީމް ވިދާޅުވީ، ޖެންސެޓް ލިބިގެން ދިޔައީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށާއި، އެހެން ނޫންނަމަ މި ނުލިބޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްވާއިރު، މިނަގާ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ދެން އަޅުގަނޑު އެ ވާހަކަ ދައްކަނިކޮށް މިއަދު ހއ. މުރައިދޫ ހެލްތު ސެންޓަރާ ހަވާލުވެހުރި ސިޔާސީ ގޮތުން އައްޔަނުކޮށްފައި ހުރި ބޭފުޅާ އައިސްފައި ބުނީ އަޅުގަނޑާ ދިމާލަށް އަޅުގަނޑު މި ދައްކާ މޭރުމުން އަޅުގަނޑު ކުރި މަސައްކަތެކޭ ބުނީމަ އައިސް އަޅުގަނޑާ ދިމާލަށް މި ބުނަނީ ކަލޭ ކުރި ކޮން މަސައްކަތެއް ހޭ ކިޔާ ބަހައްޓާފައި ފޯނާއެކު އަޅުގަނޑު މޫނުމައްޗަށް ހަމަޖަހާނީ. ފޯނުގެ ހިފަނީ. ހިފުނީމަ އަޅުގަނޑުގެ ވީޑިއޯ ޕޯސް ވެގެން ދާ ތަން ފެންނާނެ. ވަރަށް ރަނގަޅަށް ލައިވުން. އަޅުގަނޑު މޫނުމަތީގައި އައިސް ޖެހެނީ. އެބޭފުޅާގެ އަތް ވެސް އަޅުގަނޑުގެ މޫނުމަތީގައި ޖެހުނު. އަޅުގަނޑު މިހާރު މައުލޫމާތު ލިބިފައި އިނީ މި ބޭފުޅުން ފުރަތަމަ އަޅުގަނޑާ ދިމާކުރި ބޭފުޅާ އަޅުގަނޑު ވީޑިއޯކޮށްގެން އެކަމުގެ ދައުވާ ކުރަން ޕޮލިހަށް ދިޔަ ޚަބަރުވެސް އަޅުގަނޑަށް ނުސީދާކޮށް ލިބިފައި އޮތީ. ގޮސްފައި ދެން ފަހުން މިބޭފުޅާއަށް މި ފަހުމް މިވަނީ މި ބޭފުޅާ އެކަން މި މައްސަލައާ ކުރިއަށް ދެވޭކަށް ނެތްކަން. މި ބޭފުޅާ އަޅުގަނޑަށް އިންޒަރު ވެސްދޭކަން ވީޑިއޯގައި. އެކަން އެނގިގެން މި ބޭފުޅާ ބުނެފައި މިވަނީ އަޅުގަނޑު ބޭނުމެއް ނެތޭ މައްސަލަ ޖައްސާކަށް.
ހއ.މުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ 

އަބްދުލްކަރީމް ވިދާޅުވީ އެރަށަށް ގެނައުމަށް ނިންމާފައިވަނީ 400 ކިލޯވޮޓުގެ އައު ޖެންސެޓެއް ކަމަށާއި، ނަމަވެސް ގެނައީ 250 ކިލޯވޮޓްގެ ޖެންސެޓެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވީ އިންތިޚާބުގެ ކުރިން އައު ޖެންސެޓެއް އެރަށަށް އަރުވަން ކަމަށާއި، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ހއ. މުރައިދޫއަބްދުލް ކަރީމްޕީއެންސީފެނަކަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
ކުރިނބީ މިސްކިތް ސޯލާ ކުރީ ކައުންސިލުން ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކުރި މަސައްކަތުގެ ކްރެޑިޓް ޕީއެންސީ އިން ނަގައިފި

ކުރިނބީ މިސްކިތް ސޯލާ ކުރީ ކައުންސިލުން ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކުރި މަސައްކަތުގެ ކްރެޑިޓް ޕީއެންސީ އިން ނަގައިފި

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު