Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެމްޕޭން ބިލްބޯޑް ހަލާކުކޮށްލުން

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

މާލޭގެ ބޭރުމަގުގައި ހުރި މޭޔަރު އާދަމް އާޒިމްގެ ކެމްޕޭން ބިލްބޯޑެއް ސަރުކާރުން ހަލާކުކޮށްލި މައްސަލައާ ގުޅިގެން، އެއީ ސިޔާސީ ގޮތުން ހިންގި ދަށުދަރަޖައިގެ އަމަލެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުން. މިކަމާ ގުޅިގެން މޭޔަރު ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރާއިރު ތަކެއްޗަށް ގެއްލުން ނުވާނެހެން މަޝްވަރާގެ އުސޫލުން ކަންކަން ކުރެވެން ޖެހޭނެ ކަމަށާއި، ކެމްޕޭން ޕޯސްޓަރުތައް ނެގިޔަސް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބެއް ނުފޮހެވޭނެ ކަމަށް. މި ހާދިސާ ހިނގާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 03:11
ސަރުކާރުން އެމްޓީސީސީގެ މުވައްޒަފުން ލައްވާ އާޒިމްގެ ބޮޑު ބިލްބޯޑު ހަލާކުކޮށްލައިގެން ނަގަނީ

ސަރުކާރުން އެމްޓީސީސީގެ މުވައްޒަފުން ލައްވާ އާޒިމްގެ ބޮޑު ބިލްބޯޑު ހަލާކުކޮށްލައިގެން ނަގަނީ | ރާއްޖެ އެމްވީ

މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމްގެ ކެމްޕޭން ބިލްބޯޑެއް، ސަރުކާރުން އެކްސްކަވޭޓަރު ބޭނުންކޮށްގެން ނަގައި ހަލާކުކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ބޭރުމަގުގައި ހުރި މި ބޮޑު ބިލްބޯޑު ނަގާފައިވަނީ ފްރޭމްގަނޑު އިރާލައިގެންކަމަށް މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކެމްޕޭން ޕޯސްޓަރުތައް ނެންގުވިޔަސް، ރައްޔިތުންގެ ހިތްތަކުގައި އޭނާއަށް އޮތް ލޯތްބާއި، ކޮށްދީފައިވާ ޚިދުމަތުގެ އަގު ނު ފޮހެވޭނެ ކަމަށެވެ. "ޕޯސްޓަރުތައް ނެގިދާނެ، ރައްޔިތުންގެ ހިތުގައި އޮތް ލޯތްބެއް، ކޮށްދީފައިވާ ޚިދުމަތުގެ އަގެއް ނުފިލުވޭނެ،" މޭޔަރު ވިދާޅުވި އެވެ.

މަގު ފުޅާކުރުމުގެ މަސައްކަތް މިވަގުތު ތައްޔާރުވަމުންދަނީ ނަސަންދުރަ ކުރިމަތީގެ ސަރަހައްދުގައި ކަމަށްވާއިރު، ތަރައްޤީގެ މިފަދަ މަސައްކަތްތައް ކުރިއަށްގެންދާއިރު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ޚާއްޞަކޮށް މާދުރުގައި ބީއެމްއެލް ކުރިމަތީގައި ހުރި އެއްޗެއް ހަލާކުކޮށްލައިގެން ނެގުމަކީ ވަރަށް ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މާލެ ސިޓީގައި މިވަގުތު ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ބިލްބޯޑުތަކާއި އިޝްތިހާރުތަކުން އިންތިޚާބީ ފޯރި ގަދަވެފައިވާއިރު، މި ހާދިސާއަކީ ސިޔާސީ ގޮތުން ކުރި ގޯސްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އާދަމް އާޒިމްމާލެ ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026ނަސަންދުރަބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި

އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި

24 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު