Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ވަހާބީ ބަދަލު

ފިނި ހަނގުރާމައިގެ ދުވަސްވަރު ސައުދީން "ވައްހާބީ" ފިކުރު ފެތުރީ އެމެރިކާއާއި ހުޅަނގުގެ އެދުމަށް: ވަލީއަހުދު, މުޙައްމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގެންގުޅުއްވާ "ވިޝަން 2030" އިސްލާހީ އެޖެންޑާގެ ދަށުން، އެ ގައުމުގައި އޮތް ހަރުކަށި ފިކުރުތައް ނައްތާލައި މެދުމިނުގެ އިސްލާމީ އުސޫލުތައް އިއާދަކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން. މިގޮތުން ދީނީ ކަންކަމުގައި ޒަމާނާ އެއްގޮތަށް އިޖުތިހާދުކުރުމަށް ބާރުއަޅުއްވައި، ހަރުކަށި ފިކުރުގެ ސަބަބުން ގައުމުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ. މީގެ އިތުރުން، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގެންނަވާ ބަދަލުތަކާއެކު ސައުދީއަކީ ހުރިހާ ދީންތަކަކާއި ސަގާފަތްތަކަށް ހުޅުވާލެވިފައިވާ ގައުމަކަށް ހެއްދެވުމަކީ ވަލީއަހުދުގެ މުހިންމު އަމާޒެއް.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 05:57
ސައުދީ ވަލީއަހުދު, ޕްރިންސް މުހައްމަދު ބިން ސަލްމާން ( އެެމްބީއެސް )

ސައުދީ ވަލީއަހުދު, ޕްރިންސް މުހައްމަދު ބިން ސަލްމާން ( އެެމްބީއެސް ) | މޮރޯކޯ ވަާރލްޑް ނިއުސް.ކޮމް

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވަނީ، ފިނި ހަނގުރާމަ (ކޯލްޑް ވޯ) ގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަން (ރަޝިޔާ) ގެ ނުފޫޒު އިސްލާމީ ގައުމުތަކުގައި ކުޑަކުރުމަށްޓަކައި، އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ގައުމުތަކުން އެދިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ވައްހާބީ" ފިކުރު ފެތުރުމަށް ސައުދީން މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑު ސަމާލުކަމެއް ލިބުނު ވާހަކަތަކެއް ދައްކަވާފައެވެ.

މިކަން ހާމަކުރައްވާފައި ވަނީ، އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ހަވާސާގައި، 22 މާރިޗު 2018 ގައި އެމެރިކާގެ މަޝްހޫރު ނޫސް 'ދަ ވޮޝިންގްޓަން ޕޯސްޓް' އަށް ދެއްވި 75 މިނެޓުގެ ދިގު އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި އެމްބީއެސް ވިދާޅުވި ގޮތުގައި، 20 ވަނަ ގަރުނުގެ ފަހުކޮޅު، ސައުދީގެ އެކުވެރި ހުޅަނގުގެ ގައުމުތަކުން (ޚާއްޞަކޮށް އެމެރިކާއިން) ވަނީ، ރަޝިޔާއިން އިސްލާމީ ގައުމުތަކަށް ފޯރުވަމުންދިޔަ ނުފޫޒު ހުއްޓުވުމަށްޓަކައި ސައުދީގެ މުއްސަނދިކަން ބޭނުންކޮށްގެން ބޭރުގެ ގައުމުތަކުގައި މިސްކިތްތަކާއި މަދަރުސާތައް ބިނާކުރުމަށް އެދިފައެވެ. އަދި އޭރުގެ ސަރުކާރުތަކުން އެކަން ކުރީ ހުޅަނގުގެ ގައުމުތަކުން އެކަމަށް ބާރުއެޅުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ފަންޑިންގ މަސައްކަތުގެ ކޮންޓްރޯލް ސައުދީގެ ކުރީގެ ސަރުކާރުތަކަށް ފަހުން ގެއްލިގެން ދިޔަ ކަމަށާއި، މިހާރު މަސައްކަތްކުރައްވަނީ އެކަންކަން އަނބުރާ ހަމަމަގަށް އެޅުވުމަށް ކަމަށް ވަލީއަހުދު ވިދާޅުވިއެވެ. އަދި މިހާރު އެފަދަ ކަންކަމަށް ފަންޑުކުރަނީ ސަރުކާރުން ނޫން ކަމަށާއި، ސައުދީގައި ގާއިމުވެފައިވާ ފައުންޑޭޝަންތަކުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ސީބީއެސް ނެޓްވާރކްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، 1979 ވަނަ އަހަރު އީރާނަށް އައި އިންގިލާބަށް ފަހު ސައުދީން ވެސް އެ މޮޑެލް ކޮޕީކުރަން އުޅުމުގެ ސަބަބުން ހަރުކަށި ފިކުރުތަކެއް އުފެދިގެން ދިޔަ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ސައުދީ އަރަބިއްޔާއަކީ ކުރިންވެސް އޮތް ގޮތަށް، ހުރިހާ ދީންތަކަކަށާއި ސަގާފަތްތަކަށް ހުޅުވާލެވިފައިވާ "މެދުމިނުގެ އިސްލާމްދީނެއް" އޮންނަ ގައުމަކަށް ހެދުންކަމަށް ވިދާޅުވިއެވެ.

ސައުދީގެ ދީނީ އިލްމުވެރިންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް

ސައުދީގައި ޒަމާނުއްސުރެ އޮތް ވައްހާބީ ދީނީ އިލްމުވެރިންގެ ބާރު ކަނޑުވާލެއްވުމަށް އެމްބީއެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، 25 އޭޕްރީލް 2021 ވަނަ ދުވަހުގެ ރޭ ސައުދީ ދައުލަތުގެ ޓީވީގައި ބްރޯޑްކާސްޓްކުރި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ސައުދީގައި އޮންނަ ހަރުކަށި ވަހާބީ ފިކުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްބީއެސް ވިދާޅުވީ، އެއްވެސް މަޒުހަބެއް ނުވަތަ ފިކުރަކީ ބަދަލުނުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކީރިތި ޤުރުއާނާއި ސުންނަތް މާނަކުރުމުގައި ޒަމާނާއި ހާލަތަށް ބަލައި 'އިޖުތިހާދު' ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އައްޝައިޚް މުޙައްމަދު ބިން ޢަބްދުލްވަހާބު މިއަދު ދުނިޔޭގައި ހުންނެވިނަމަ، އެކަލޭގެފާނުގެ ލިޔުންތަކަށް މީހުން ކަނުކޮށް ތަބާވާ ތަބާވުމާ އެންމެ ފުރަތަމަ ދެކޮޅު ހައްދަވާނީވެސް އެކަލޭގެފާނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބައެއް ޙަދީޘްތައް ބޭނުންކޮށްގެން ދީނީ ކޯޓުތަކުން ހަރުކަށި ހުކުމްތައް ކުރަމުންދާ ދިއުމަށްވެސް ފާޑުވިދާޅުވެ، ޤުރުއާނުގައި ކަނޑައެޅިގެން ބަޔާންވެފައި ނެތް ކަމެއްގައި ދީނީ ގޮތުން އަދަބުތައް ދެވިގެން ނުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކާއެކު ސައުދީ އަރަބިއްޔާ އަންނަނީ "ވިޝަން 2030" ގެ ދަށުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފުޅާކުރުން ފަދަ އެތައް ކަމެއް ވަނީ ތައާރަފްކޮށްފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުތަކަށް ޖާގަ ނުދެއްވާނެކަމުގެ އިންޒާރު ދެއްވަމުން، އެމްބީއެސް ވިދާޅުވީ ހަރުކަށި ފިކުރުތަކާއެކު ގައުމަށް ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ.

މަސްދަރު: https://www.moroccoworldnews.com/

މުޙައްމަދު ބިން ސަލްމާންއިނގިރޭސިވިލާތް-ސައުދީ އަރަބިއްޔާވައްހާބީވިޝަން 2030ސައުދީ އަރަބިއްޔާ-ޔޫއޭއީފިނި ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

18 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

17 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި

10 މާރިޗު 2026
2025 ވަނަ އަހަރުގެ ސައުދީގެ ބަޖެޓަށް 1.11 ޓްރިލިއަން ރިޔާލްގެ އާމްދަނީއެއް ލިބިއްޖެ

2025 ވަނަ އަހަރުގެ ސައުދީގެ ބަޖެޓަށް 1.11 ޓްރިލިއަން ރިޔާލްގެ އާމްދަނީއެއް ލިބިއްޖެ

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު