Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

2025 ވަނަ އަހަރުގެ ސައުދީގެ ބަޖެޓަށް 1.11 ޓްރިލިއަން ރިޔާލްގެ އާމްދަނީއެއް ލިބިއްޖެ

ސައުދީގެ މިދިޔަ އަހަރުގެ ބަޖެޓުގެ ތަފްސީލީ ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ ޖުމުލަ ޚަރަދު ހުރީ 1.38 ޓްރިލިއަން ރިޔާލް، ނުވަތަ 357.7 ބިލިއަން އެމެރިކާ ޑޮލަރުގައި. މިއާ އެކު، 2025 ވަނަ އަހަރު ނިމުނުއިރު ސައުދީ ބަޖެޓުން ވަނީ ގާތް ގަނޑަކަށް 270 ބިލިއަން ރިޔާލް، ނުވަތަ 61.7 ބިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓެއް ރެކޯޑު ކުރެވިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ފެބުރުއަރީ 2026 | އަންގާރަ 07:12
ސައުދީ އަރަބިއްޔާގެ ރިޔާދު ސީޒަންގެ ހަވަނަ އެޑިޝަން

ސައުދީ އަރަބިއްޔާގެ ރިޔާދު ސީޒަންގެ ހަވަނަ އެޑިޝަން | އޭއެފްޕީ

ސައުދީ އަރަބިއްޔާގެ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 1.11 ޓްރިލިއަން ރިޔާލް، ނުވަތަ 296 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އެ ޤައުމުގެ ފިނޭންސް މިނިސްޓްރީ އިން ހާމަ ކޮށްފި އެވެ.

ސައުދީގެ މިދިޔަ އަހަރުގެ ބަޖެޓުގެ ތަފްސީލީ ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ ޖުމުލަ ޚަރަދު ހުރީ 1.38 ޓްރިލިއަން ރިޔާލް، ނުވަތަ 357.7 ބިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މިއާ އެކު، 2025 ވަނަ އަހަރު ނިމުނުއިރު ސައުދީގެ ބަޖެޓުން ވަނީ ގާތް ގަނޑަކަށް 270 ބިލިއަން ރިޔާލް، ނުވަތަ 61.7 ބިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓެއް ރެކޯޑު ކުރެވިފައި އެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކަށް ބަލާއިރު، އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލުގެ ސިނާއަތުންނެވެ. އެގޮތުން ތެލުގެ އާމްދަނީގެ ގޮތުގައި 606.54 ބިލިއަން ރިޔާލް، ނުވަތަ 161 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، ތެޔޮ ނޫން އެހެނިހެން ދާއިރާ ތަކުން އާމްދަނީގެ ގޮތުގައި 505.28 ބިލިއަން ރިޔާލް، ނުވަތަ 134.6 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ.

މިއީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތް ތަަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީ އިން ފާހަގަ ކޮށްފައިވެ އެވެ. އަދި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނި ވެސް 94.85 ބިލިއަން ރިޔާލް، ނުވަތަ 25.3 ބިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓެއް ކުރިމަތިވެފައިވެ އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސައުދީގެ ކެބިނެޓުން ވަނީ، 2026 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ވެސް ފާސްކޮށްފަ އެވެ. އެގޮތުން މި ބަޖެޓުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 1.147 ޓްރިލިއަން ރިޔާލް، ނުވަތަ 305.67 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ބަޖެޓު ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 165.4 ބިލިއަން ރިޔާާލް، ނުވަތަ 44.1 ބިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މީގެ އިތުރުން 2026 ވަަނަ އަހަރުގެ ބަޖެޓަކީ 2025 ވަނަ އަހަރާ އަޅާބަލާއިރު، ޚަރަދުގެ ގޮތުން ދޭއް އިންސައްތައިގެ އިތުރުވުމެއް ހިމެނޭ ބަޖެޓަކަށް ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. 

ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ، ބަޖެޓުގައި ކަނޑައަޅާފައިވާ ތަރައްޤީގެ މަޝްރޫއު ތަކާއި، އިޖުތިމާއި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި ދެމި ތިބުމަށް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނަށް އިރުޝާދު ދެއްވައިފަ އެވެ. އަދި ސައުދީގެ "ވިޝަން 2030" ގެ ލަނޑު ދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރުމާއި، ހުރިހާ ކަމެއްގައި ވެސް ސައުދީ ރައްޔިތުންނަށް އިސްކަންދީ އަދި އެ ފަރާތްތަކަށް ޚިދުމަތް ކުރުމަށް ވަލީއަހުދު ވަނީ ބާރުއަޅުއްވައިފަ އެވެ. 

ފިނޭންސް މިނިސްޓްރީ އިން ބުނާ ގޮތުގައި 2026 ވަނަ އަހަރުގެ ބަޖެޓާ އެކު ފެށިގެންދާނީ "ވިޝަން 2030" އިސްތިރާތީޖީގެ ތިން ވަނަ މަރުހަލާ އެވެ. މި މަރުހަލާގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައި ވަނީ މަޝްރޫއުތައް ނިންމުން އަވަސް ކުރުމާއި، ތަންފީޒީ މަރުޙަލާގެ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަކޮށް ކުރިއަށް ގެންދިޔުމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ވިޝަން 2030ސައޫދީ އަރަބިއްޔާސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި

05 ފެބުރުއަރީ 2026
ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
18 ޖުލައި 2025

ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް

18 ޖުލައި 2025
ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު