Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން

ހިތަދޫގައި އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އާއިލާއިން ކުރި ތުހުމަތު ފުލުހުން ދޮގު ކޮށްފި

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައި މަރުގެ އިންޒާރުދިން މައްސަލައެއްގައި ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ކަމާގުޅޭ އިދާރާތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ތަހުގީގުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ބުނެފަ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ތުހުމަތުކުރެވޭ މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް އާއިލާއިން މައުލޫމާތުދޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 18:03
ލ. ހިތަދޫގެ މަތިން ނެގިފައިވާ ފޮޓޯ އެއް

ލ. ހިތަދޫގެ މަތިން ނެގިފައިވާ ފޮޓޯ އެއް | ސޯޝަލް މީޑިއާ

ލ. އަތޮޅު ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފައިވާތީ އެކަން ފުލުހުން ދޮގު ކޮށްފި އެވެ. 

މިހާދިސާ ހިނގީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

ރާއްޖެއެމްވީއަށް އެކުއްޖާގެ ބައްޕަ ބުނީ، ހާދިސާ ހިނގި ވަގުތު ގޭގައި ހުރީ ހަމައެކަނި އަންހެން ދަރިފުޅު އެކަނި ކަމަށާއި، އޭނާ އޮތީ ގޯތިތެރޭގައި ހުރި ޖޯލީގައި ކަމަށެވެ.

އަންހެން ކުއްޖާއާ ހަވާލާދީ ބައްޕަ ބުނީ، ގާތްގަނޑަކަށް 22 އަހަރު ވެފައިވާ ފިރިހެނަކު އެގެއަށް އެވަގުތު ފޯނެއްގައި ހުރެގެން ވަތް ކަމަށާއި، ވަދެ އެންހެން ކުއްޖާ ފެނުމުން ''މި ބާއްވަންވީ ކޮންތާކު ތޯ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާ އެ ވަގުތު ހުރީ ވާނުވާގައި ކަމަށާއި، ޖަވާބުގައި ކޮން އެއްޗެއް ކޮންތާކު ބާއްވާ ވާހަކަތޯ އެ އަންހެން ކުއްޖާ ސުވާލު ކުރި ކަމަށެވެ.

އެމީހާ އުޅުނު ގޮތުން އެ އަންހެން ކުއްޖާ ބިރުގަނެ އިތުރަށް ސުވާލު ކުރަން ފެށުމުން ކައިރިއަށް އައިސް އެ ކުއްޖާގެ ކަރުގައި ހިފި ކަމަށާއި، ވަޅިން ބިރު ދެއްކި ކަމަށެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ބުނެފި ކަމަށްވާނަމަ އެ ބުނާ މީހަކު އަދި ބައްޕަ ވެސް މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުންޏެވެ. 

އެ އަންހެން ކުއްޖާގެ ބައްޕަ ބުނީ، މިހާދިސާ ހިނގިފަހުން އެ ކުއްޖާ ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށާއި، ބޭރަށް ދިއުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އިންސާފު ހޯދުމަށް ލ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނުބެލޭނެ ކަމަށާއި، އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައި ކަމަށާ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ގުޅުންހުރި އެހެނިހެން އިދާރާތަކާ ވެސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، އަނިޔާލިބުނު ފަރާތުގެ ބަޔާން ނަގައި، މައްސަލައާ ގުޅުންހުރި އިތުރު ތިން ފަރާތަކާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން ވެސް، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައިވާއިރު ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު، މައްސަލަ ހުށަހެޅި ފަރާތާ ގަވާއިދުން ހިއްސާކުރަމުންދާ ކަމަށެވެ. 

އާއިލާގެ ތުހުމަތު ފުލުހުން ދޮގު ކޮށްފައިވާއިރު މިމައްސަލައާ ގުޅިގެން އިންސާފު ހޯދުމަށް ލ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނުބެލޭނެ ކަމަށާއި، އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅުމުން ވެސް މިމައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ކުއްޖާގެ ބައްޕަ ކިޔަދިނެވެ. 

ނަމަވެސް އިންސާފު ބޭނުންވާތީ މާލޭގެ ފުލުހުންގެ އިދާރާއަށް ގުޅައި ޝަކުވާ ކުރުމުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅައި ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަންގައި މައްސަލަ ރަޖިސްޓްރީކުރި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ. 

އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާތީ ފިތުރު އީދު ދުވަހު ވެސް އުޅުނީ ކަމާގުޅޭ މުއައްސަސާތަކަށް ގުޅައި، މިކަމުގައި ކަން ފާހަގަކޮށް އެކުއްޖާގެ ބައްޕަ ބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ސޯޝަލް މިނިސްޓްރީގެ ދެ މުވައްޒަފުން ގެއަށް އައިސް އެކުއްޖާ ކައުންސިލް އިދާރާއަށް ގެންދިޔަ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ހާޒިރުގައި ފުލުހުން ކުއްޖާއާ ސުވާލު ކުރި ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް ބައްޕަ ބުންޏެވެ. 

އެކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ބިރު ދެއްކި ފިރިހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ރަށު ތެރޭގައި ވެސް މަސްތުވާތަކެތި ވިއްކައި ގެތަކުން ބޮޑެތި ވައްކަންތައް ކުރި ނަމަވެސް އޭނާ ހައްޔަރުކޮށް އެއްވެސް ފިޔަވަޅެއް ފުލުހުންނަށް ނޭޅޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. 

ގަން ޕޮލިސް ސްޓޭޝަންލ. ހިތަދޫމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް

14 މާރިޗު 2026
މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

13 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި

6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު