Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026 | އަންގާރަ 15:02

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެޗްއާރްސީއެމުން ބަލަން ފަށައިފި. ފުލުހުން ބުނެފައިވަނީ ބަންދުގެ މަރުހަލާގައި އެފަދަ އެއްވެސް ޝަކުވާއެއް އޭނާ ކޮށްފައިނުވާ ކަމަށާއި، މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް. ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މި މީހާގެ ބަންދަށް ކޯޓުން މިހާރު ވަނީ 30 ދުވަސް އިތުރުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 މާރިޗު 2026 | އަންގާރަ 15:02
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން | ރާއްޖެއެމްވީ

މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ. 

ފުލުހުން ބުނީ އެކަން އެ ކޮމިޝަނުން ފުލުހުންގެ ޚިދުމަތަަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދީފައި ވެ އެވެ. 

Advertisement - newsAdvertisement

ފުލުހުން ބުނީ މި ތުހުމަތާ ގުޅިގެން ފުލުހުން ވެސް އިސްވެ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ވެސް ނުވާ ކަމަށެވެ. 

ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މީހާ އަކީ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ދޯންޏެއް ބަލައި ފާސްކޮށް، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލަ އެއްގައި ހައްޔަރުކުރި ބަންގްލަދޭޝް އަށް ނިސްބަތް ވާ އުމުރުން 36 އަހަރުގެ ހަނީފް އެވެ.

އޭނާ ގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ. 

އެ މައްސަލައިގައި އޭނާ ގެ ބަންދަށް އިތުރު 30 ދުވަސް ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ޖަހާފައި ވާއިރު ކޯޓު އަމުރުގައި ވާ ގޮތުން އޭނާ ގެ ފަރާތުން ވަނީ، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެޗްއާރްސީއެމް އަށް ހުށަހަޅާފަ އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްކްރިމިނަލް ކޯޓްބަންގްލަދޭޝްމަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 މާރިޗު 2026

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް

10 މާރިޗު 2026
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް
08 މާރިޗު 2026

6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި

08 މާރިޗު 2026
6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި
08 މާރިޗު 2026

ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން

08 މާރިޗު 2026
ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން
06 މާރިޗު 2026

ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި

06 މާރިޗު 2026
ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި
05 މާރިޗު 2026

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި
05 މާރިޗު 2026

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

05 މާރިޗު 2026
ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!
05 މާރިޗު 2026

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

05 މާރިޗު 2026
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
02 މާރިޗު 2026

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި
01 މާރިޗު 2026

ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިން އަތުލައިގަނެފި

01 މާރިޗު 2026
ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިން އަތުލައިގަނެފި
28 ފެބުރުއަރީ 2026

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް