Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހި ފުލުހުން

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައި މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައެއްގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުންފާޅު ކޮށްފައި. މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައި. އަދި ބިރު ދެއްކި ފިރިހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށާއި، ރަށު ތެރޭގައި ވެސް މަސްތުވާތަކެތި ވިއްކައި ގެތަކުން ބޮޑެތި ވައްކަންތައް ކުރި ނަމަވެސް އޭނާ ހައްޔަރުކޮށް އެއްވެސް ފިޔަވަޅެއް ފުލުހުންނަށް ނޭޅޭ ކަމަށް އޭނާ ތުހުމަތު ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 08:50
ލ.ގަން ޕޮލިސް ސްޓޭޝަން، މިމައްސަލައިގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުނޭ.

ލ.ގަން ޕޮލިސް ސްޓޭޝަން، މިމައްސަލައިގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުނޭ. | -

ލ.އަތޮޅު ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި އެވެ. 

މިހާދިސާ ހިނގީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެކުއްޖާގެ ބައްޕަ ބުނީ، ހާދިސާ ހިނގި ވަގުތު ގޭގައި ހުރީ ހަމައެކަނި އަންހެން ދަރިފުޅު އެކަނި ކަމަށާއި، އޭނާ އޮތީ ގޯތިތެރޭގައި ހުރި ޖޯލީގައި ކަމަށެވެ.

އަންހެން ކުއްޖާއާ ހަވާލާދީ ބައްޕަ ބުނީ، ގާތްގަނޑަކަށް 22 އަހަރު ވެފައިވާ ފިރިހެނަކު އެގެއަށް އެވަގުތު ފޯނެއްގައި ހުރެގެން ވަތް ކަމަށާއި، ވަދެ އެންހެން ކުއްޖާ ފެނުމުން ''މި ބާއްވަންވީ ކޮންތާކު ތޯ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާ އެ ވަގުތު ހުރީ ވާނުވާގައި ކަމަށާއި، ޖަވާބުގައި ކޮން އެއްޗެއް ކޮންތާކު ބާއްވާ ވާހަކަތޯ އެ އަންހެން ކުއްޖާ ސުވާލު ކުރި ކަމަށެވެ.

އެމީހާ އުޅުނު ގޮތުން އެ އަންހެން ކުއްޖާ ބިރުގަނެ އިތުރަށް ސުވާލު ކުރަން ފެށުމުން ކައިރިއަށް އައިސް އެ ކުއްޖާގެ ކަރުގައި ހިފި ކަމަށާއި، ވަޅިން ބިރު ދެއްކި ކަމަށެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ބުނެފި ކަމަށްވާނަމަ އެ ބުނާ މީހަކު އަދި ބައްޕަ ވެސް މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުންޏެވެ. 

އެ އަންހެން ކުއްޖާގެ ބައްޕަ ބުނީ، މިހާދިސާ ހިނގިފަހުން އެ ކުއްޖާ ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށާއި، ބޭރަށް ދިއުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އިންސާފު ހޯދުމަށް ލ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނުބެލޭނެ ކަމަށާއި، އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅުމުން ވެސް މިމައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. 

ނަމަވެސް އިންސާފު ބޭނުންވާތީ މާލޭގެ ފުލުހުންގެ އިދާރާއަށް ގުޅައި ޝަކުވާ ކުރުމުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅައި ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަންގައި މައްސަލަ ރަޖިސްޓްރީކުރި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ. 

އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާތީ ފިތުރު އީދު ދުވަހު ވެސް އުޅުނީ ކަމާގުޅޭ މުއައްސަސާތަކަށް ގުޅައި، މިކަމުގައި ކަން ފާހަގަކޮށް އެކުއްޖާގެ ބައްޕަ ބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ސޯޝަލް މިނިސްޓްރީގެ ދެ މުވައްޒަފުން ގެއަށް އައިސް އެކުއްޖާ ކައުންސިލް އިދާރާއަށް ގެންދިޔަ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ހާޒިރުގައި ފުލުހުން ކުއްޖާއާ ސުވާލު ކުރި ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް ބައްޕަ ބުންޏެވެ. 

އެކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ބިރު ދެއްކި ފިރިހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ރަށު ތެރޭގައި ވެސް މަސްތުވާތަކެތި ވިއްކައި ގެތަކުން ބޮޑެތި ވައްކަންތައް ކުރި ނަމަވެސް އޭނާ ހައްޔަރުކޮށް އެއްވެސް ފިޔަވަޅެއް ފުލުހުންނަށް ނޭޅޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. 

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ. 

ސ.ހިތަދޫގަން ޕޮލިސް ސްޓޭޝަންސޯޝަލް މިނިސްޓްރީ ދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި

20 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު