Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ހިތަދޫ

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް

14 މާރިޗު 2026 | ހޮނިހިރު 05:04

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިޔަ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަމަށް ފުލުހުން ކަށަވަރުކޮށްދީފި. އުމުރުން 60 އަހަރުގެ މި މީހާ މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 14 މާރިޗު 2026 | ހޮނިހިރު 05:04
ސިޓީ ސްކޮޔަރ-އައްޑޫ ސިޓީ ހިތަދޫ: ހުކުރު ދުވަހު ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން ވަނީ މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިފަ.

ސިޓީ ސްކޮޔަރ-އައްޑޫ ސިޓީ ހިތަދޫ: ހުކުރު ދުވަހު ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން ވަނީ މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިފަ. | އައްޑޫސިޓީ ކައުންސިލް މީޑިއާ

އައްޑޫ ހިތަދޫގައި ހުކުރު ދުވަހު ހަވީރު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ ފިރިހެން މީހާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މަރުވި މީހާއަކީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަމަށެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

މަރުވެފަ އޮތް މީހާގެ ހަށިގަނޑު ފެނިފައި ވަނީ ހިތަދޫ ފަތާ ޓްރެކް މޫދު ސަރަހައްދުންނެވެ. 

މަރުވެފަ އޮތް މީހާ ހުކުރު ދުވަހު ފުރަތަމަ ފެނުނު އިރު އެއީ ކާކުކަން ދެނެނުގަނެވިގެން ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އޭރު ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް ވެސް ފުލުހުންނަށް ލިބިފައެއް ނެތެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުގައި މަރުވި މީހާއަކީ ކާކުކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. 

ފުލުހުން ބުނިގޮތުގައި މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. މި މަރުގެ ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.

އައްޑޫ ހިތަދޫޑެނިއަލް ޑީ ޖިއޮވީންއޮސްޓްރޭލިއާފަތާ ޓްރެކްމަރުގެ މައްސަލަމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 މާރިޗު 2026

މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

13 މާރިޗު 2026
މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ
11 މާރިޗު 2026

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ
10 މާރިޗު 2026

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް
08 މާރިޗު 2026

6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި

08 މާރިޗު 2026
6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި
05 މާރިޗު 2026

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

05 މާރިޗު 2026
ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!
05 މާރިޗު 2026

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

05 މާރިޗު 2026
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
01 މާރިޗު 2026

ލިޓަންގެ މަރު: ނިޒާމަށް ކުރާ މަސްތުވާތަކެތީގެ ދައުވާގައި 15 އަހަރުގެ ޖަލު ޙުކުމެއް!

01 މާރިޗު 2026
ލިޓަންގެ މަރު: ނިޒާމަށް ކުރާ މަސްތުވާތަކެތީގެ ދައުވާގައި 15 އަހަރުގެ ޖަލު ޙުކުމެއް!
01 މާރިޗު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

01 މާރިޗު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!
26 ފެބުރުއަރީ 2026

ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި

26 ފެބުރުއަރީ 2026
ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި
25 ފެބުރުއަރީ 2026

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް