Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމް ދީނަށް ފުރައްސާރަ ކުރުން

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

6 މާރިޗު 2026 | ހުކުރު 08:47

ފުލުހުން ވަނީ ޓިކްޓޮކް މެދުވެރިކޮށް އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ގޮތުން ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް ފެތުރިކަމުގެ ތުހުމަތުގައި ނ. ކުޑަފަރީ، ޙުސައިން ޔޫސުފް ހޯދަން އިއުލާން ކޮށްފައި. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ހަވާލުނުކުރެވޭތީ، ފުލުހުން ވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އިދާރާ އަށް ހާޒިރުވުމަށް އަންގާފައި. މި މައްސަލައަކީ ދީނީ އަސްލުތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2026 | ހުކުރު 08:47
އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި ޙުސައިން ޔޫސުފް.

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި ޙުސައިން ޔޫސުފް. | މޯލްޑިވްސް ޕޮލިސް

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފި އެވެ. 

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ނ.ކުޑަފަރި އަށް ނިސްބަތްވާ، އެރަށުގެ ހިޔަލީގެ،  44 އަހަރުގެ ޙުސައިން ޔޫސުފް އެވެ. 

ފުލުހުން ބުނީ، އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކަ އާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ޙުސައިން ޔޫސުފް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ. އެއީ މިމައްސަލައާ ގުޅިގެން އޭނާ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާއާ ސުވާލު ކުރަން ބޭނުންވާ ކަމަށާއި، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް 18 މާރިޗު 18 2026 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވާން ޖެހޭ ކަަމަށެވެ. 

ދޭތެރެދޭތެރެއިން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ފެންމަތިވެގެންދެ އެވެ. އަދި މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. 

ޙުސައިން ޔޫސުފްއިސްލާމް ދީން ދިވެހި ފުލުހުން

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

25 ފެބުރުއަރީ 2026
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
22 ފެބުރުއަރީ 2026

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

22 ފެބުރުއަރީ 2026
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި
21 ފެބުރުއަރީ 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި
21 ފެބުރުއަރީ 2026

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
20 ފެބުރުއަރީ 2026

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

20 ފެބުރުއަރީ 2026
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
14 ފެބުރުއަރީ 2026

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

14 ފެބުރުއަރީ 2026
ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން
13 ފެބުރުއަރީ 2026

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2026
15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި
05 ފެބުރުއަރީ 2026

މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

05 ފެބުރުއަރީ 2026
މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް