Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފުލުހުން

ސްކޭމްތަކާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަން، '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ފެށުން: މެއި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތައް ހުއްޓުވުމަށް ރާއްޖެ ހިމެނޭހެން 13 ގައުމެއް ގުޅިގެން "އޮޕަރޭޝަން ފްރޮންޓިއަރ+ III" ވަނީ ފަށާފައި. މި އޮޕަރޭޝަންގެ ދަށުން ސްކޭމް ވިއުގަތައް ދެނެގަނެ، ބޭންކު އެކައުންޓްތައް ފްރީޒްކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް 2026 މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 05:25
ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ގައި ހަރަކާތްތެރިވާ ފުލުހުން.

ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ގައި ހަރަކާތްތެރިވާ ފުލުހުން. | މޯލްޑިވްސް ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ރަސްމީކޮށް ފަށައިފި އެވެ.

މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތަކަށްވާއިރު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަން ކަމަށް ފުލުހުން ބުނެ އެވެ. 

ފްރޮންޓިއަރ+ އެލަޔަންސްގައި 13 ގައުމެއް ހިމެނޭކަން ފާހަގަކޮށް ފުލުހުން ބުނީ، މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެއް ކަމަށެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގްކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާ ކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ.

އެއީ، ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް-ޓައިމްކޮށް ބަދަލުކުރުމާއި، ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށްދާނީ 10 މާރިޗުން 7 މެއި 2026 ގެ ނިޔަލަށް ކަމަށާއި، މި މުއްދަތުގައި ހުރިހާ ގައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13 ވަނަ ދުވަހު ކަމަށާއި، މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ރާއްޖޭގައި ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމްލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

އޮޕަރޭޝަން ފްރޮންޓިއަރ+ދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރީއަތް ނިންމެންދެން ބަންދަށް!

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރީއަތް ނިންމެންދެން ބަންދަށް!

08 މާރިޗު 2026
އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

06 މާރިޗު 2026
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

25 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު