Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

2023 ވަނަ އަހަރު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ޝަފީޤުގެ މައްޗަށް ކުށް ސާބިތުވެ 7 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައި. ޝަރީއަތުގެ ކުރީކޮޅު އޭނާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް، ފަހުން ކުށަށް އިއުތިރާފުވެފައިވޭ. އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމަށްފަހު ތަންފީޒުކުރަން ޖެހެނީ 4 އަހަރުގެ ޖަލު ހުކުމެއް ކަމަށް ހުކުމް ގައި ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:39
މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވެ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މީހާ.

މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވެ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މީހާ. | މޯލްޑިވްސް ޕޮލިސް

މާލޭ-ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި 2023 ވަނަ އަހަރު ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރޯޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށެވެ. އޭނާ ގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 17/2010) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގަ އެވެ.

މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ. މި މަރާމާރީގައި ދައުވާލިބޭ ފަރާތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި، ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވެ އެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 މާރިޗު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމުގައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް ޝަފީޤްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން ޝަފީޤު 7 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޝަފީޤު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެ އެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ އަށް ވަނީ އިއުތިރާފުވެ އެވެ.

މީގެ އިތުރުން މި މައްސަލައަކީ އަނިޔާވެރި ކުށްތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ބުނެ އެވެ. މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށާއި، އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ރައްކާތެރިވެފައިވާ މުޖުމަތަމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސް ޖެހުމެއްނެތި ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މާލޭ-ވިލިމާލެ ފެރީ ޓާމިނަލްމުޙައްމަދު ޝަފީގުކްރިމިނަލް ކޯޓްދިވެހި ފުލުހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި

14 މާރިޗު 2026
ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

12 މާރިޗު 2026
ސްކޭމްތަކާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަން، '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ފެށުން: މެއި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ

ސްކޭމްތަކާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަން، '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ފެށުން: މެއި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ

12 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު