Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުން

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަން ސާބިތުވެ، ކޮންސްޓަބަލް ރޭންކުގެ ދެ އަންހެން ފުލުހަކު ވަޒީފާއިން ވަކި ކުރުމަށް ވަނީ ނިންމާފައި. ކްރިމިނަލް ކޯޓުން މި ދެ މުވައްޒަފުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކޮންމެ މީހަކު 5،400 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ. މި ހުކުމާ ގުޅިގެން އެ މީހުން ވަޒީފާއިން ވަކިކުރުމަށް ބޭނުންވާ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2026 | ހުކުރު 14:18
އަންހެން ފުލުހެއް މަސައްކަތުގައި ހަރަކާތްތެރިވަނީ.

އަންހެން ފުލުހެއް މަސައްކަތުގައި ހަރަކާތްތެރިވަނީ. | މޯލްޑިވްސް ޕޮލިސް

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާތީ ވަޒީފާއިން ވަކި ކުރަން ނިންމައިފި އެވެ. 

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފުލުހުން ބުނީ، ފުލުހުންގެ ވަޒީފާގައި ތިބި ދެ މުވައްޒަފަކު ހުއްދަ ނޫން ޖިންސީ މުއާމަލާތްތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 3 މާރިޗު 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، ކޮންމެ މީހަކު ވެސް 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ކޯޓުގެ މި ހުކުމާ ގުޅިގެން އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުށްކުރި ކަމަށް ސާބިތުވެފައިވަނީ ކޮންސްޓަބަލް ރޭންކްގައި ތިބި ދެ ފުލުހުންގެ މައްޗަށެވެ. 

ކްރިމިނަލް ކޯޓްދިވެހި ފުލުހުން

އިތުރަށް ކިޔާލަން

19 މާރިޗު 2026

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
17 މާރިޗު 2026

ނައީމާ މަރާލި މައްސަލައިގައި ދައުވާލިބޭ ހަސަން ފަވާޒަކީ ލޭއަޅާ ކުއްޖެއް، އެކަށީގެންވާ ފަރުވާ ނުދެވޭތީ ބަންދަށް ލުޔެއް!

17 މާރިޗު 2026
ނައީމާ މަރާލި މައްސަލައިގައި ދައުވާލިބޭ ހަސަން ފަވާޒަކީ ލޭއަޅާ ކުއްޖެއް، އެކަށީގެންވާ ފަރުވާ ނުދެވޭތީ ބަންދަށް ލުޔެއް!
16 މާރިޗު 2026

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި

16 މާރިޗު 2026
ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި
15 މާރިޗު 2026

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

15 މާރިޗު 2026
ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު