Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރީއަތް ނިންމެންދެން ބަންދަށް!

6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކާއި ދެ ބިދޭސީންގެ ވަނަވަރު ފުލުހުން ހާމަކުރިއިރު، މި މައްސަލައިގައި ހިމެނޭ ދިވެހި މީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި. އިންޑިއާއަށް ނިސްބަތްވާ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް އިތުރު ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 11:33
ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ތިން މީހުން

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ތިން މީހުން | މޯލްޑިވްސް ޕޮލިސް

ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ، ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ / ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި ދަނޫޝްކާނދަން ގޯޕާލް، އިންޑިއާ (19އ) އާއި ކަތިރިވިލް މަނިމަރަން، އިންޑިއާ (21އ) އެވެ.

މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުންނެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މާރިޗު މަހުގެ 3 ވަނަ ދުވަހު އެވެ.

މީގެ އިތުރުން މި މައްސަލައާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް މަސްތުވާތަކެތިދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

07 މާރިޗު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

06 މާރިޗު 2026
އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

06 މާރިޗު 2026
ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

06 މާރިޗު 2026
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

02 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު