Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒަކާތު ފަންޑު

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް 500,000 ރުފިޔާ އިސްރާ އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް 423,749 ރުފިޔާ ސޯޝަލް މިނިސްޓްރީގެ ޓްރަސްޓް ފަންޑަށް ދީފައިވޭ. އަދި މިއަހަރުގެ ފިތުރު ޒަކާތް ބޮލަކަށް 6,000 ރުފިޔާގެ މަގުން ފަގީރުންނަށް ބަހައި ވަނީ ނިންމާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 07:58
ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން.

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން. | ޒަކާތް ހައުސް

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި އެވެ. 

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ރުފިޔާ އިސްރާ އެސޯސިއޭޝަނާ ބުރާސްފަތި ދުވަހުގެ ރޭ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ވަނީ ސޯޝަލް މިނިސްޓްރީއާވެސް ހަވާލުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. 

Advertisement - newsAdvertisement

އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ރައްޔިތުން ދިރިއުޅުމުން ދަނީ ވަރަށް ނިކަމެތި ދަތި ހާލަތެއްގަ އެވެ. އެކިގޮތްގޮތުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރާއިރު، އިޒްރޭލުން ދަނީ އެކަމަށް ވެސް ހުރަސް އަޅަމުންނެވެ.

ޒަކާތު ހައުސިން އިން ފަލަސްތީން ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ހަވާލުކުރި އިސްރާ އެސޯސިއޭޝަނަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން މީގެކުރިން ވެސް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. 

މީގެ އިތުރުން ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް ހަވާލުކުރި 423،749 ރުފިޔާ ބޭނުން ކުރާނީ ރާއްޖޭގެ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ފައިސާ ބޭނުންކޮށްގެން އެހީގެ ބޭނުމުގައި ތިބި ފަރާތްތަކަށް ކާބޯތަކެއްޗާއި، ސިއްހީ ފަރުވާގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ބޭނުންތައް ފުއްދައިދެވޭނެ ކަމަށް ސޯޝަލް މިނިސްޓްރީން ބުނެ އެވެ. 

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށާއި، ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ފައިސާ ދިންއިރު، މި އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6000 ދިވެހި ރުފިޔާގެ މަގުން 1447 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަހައި ވަނީ ނިންމާފަ އެވެ. 

މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. 

ފިޠުރު ޒަކާތްފަލަސްތީނުއިސްރާ އެސޯސިއޭޝަންސޯޝަލް މިނިސްޓްރީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

17 މާރިޗު 2026
އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

13 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު