Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލް ޤައުމީ ޓީމު

އެމެރިކާ އާއި މެކްސިކޯ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ

އެންމެ ފަހުން ޕޯޗުގަލް ޤައުމީ ޓީމާ އެކު ރޮނާލްޑޯ ކުޅެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި. އެ މެޗުގައި ރޮނާލްޑޯ ލަނޑު ވެސް ޖަހާފައިވާއިރު، އޭގެ ފަހުން އާމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 07:21
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ | ރޮއިޓާސް

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި އެމެރިކާ އާއި މެކްސިކޯއާ ދެކޮޅަށް ޕޯޗުގަލް އިން ކުޅޭ މެޗުގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެ ކަމަށް ހާމަ ކޮށްފި އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ޕޯޗުގަލް އިން މެކްސިކޯއާ ދެކޮޅަށް ނިކުންނާނީ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ވަނަ މެޗުގައި އެމެރިކާއާ ދެކޮޅަށް ކުޅޭނީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ. މި ދެ މެޗަށް ޕޯޗުގަލް އިން އެކުލަވާލި ސްކޮޑުގައި އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ހިމަނާފައި ނުވެ އެވެ.

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައި ނުވަނީ، އަނިޔާގެ ސަބަބުންނެވެ. އެގޮތުން ރޮނާލްޑޯ މިވަގުތު ހުރީ އަނިޔާއެއްގައި ކަމަށްވާއިރު، އޭނާ ކުޅެމުން އަންނަ އަލް ނަޞްރާއި، ޕޯޗުގަލްގެ މައިގަނޑު އަމާޒަކީ ރޮނާލްޑޯ އަނިޔާ އިން ރަނގަޅުވުން ކަމަށް ބުނެފައިވެ އެވެ. ރޮނާލްޑޯ އަށް އަނިޔާވެފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އަލް ނަޞްރުން ކުޅުނު މެޗުގަ އެވެ.

އެންމެ ފަހުން ޕޯޗުގަލް ޤައުމީ ޓީމާ އެކު ރޮނާލްޑޯ ކުޅެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ރޮނާލްޑޯ ލަނޑު ވެސް ޖަހާފައިވާއިރު، އޭގެ ފަހުން އާމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ.

ރޮނާލްޑޯ އަންނަނީ އަލް ނަޞްރުގެ އިތުރުން، ޕޯޗުގަލްގެ ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޮނާލްޑޯ އަކީ ޕޯޗުގަލްގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ އަށްވާއިރު، މިއަހަރުގެ ވޯލްޑް ކަޕްގައި ވެސް ރޮނާލްޑޯ ކުޅޭނެ އެވެ. އެ މުބާރާތުގައި ވެސް ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ރޮނާލްޑޯ އެވެ.

ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ ދެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނަ އަށް

ރޮނާލްޑޯގެ ދެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނަ އަށް

22 ފެބުރުއަރީ 2026
އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ އެނބުރި އައިސް ލަނޑު ޖަހައިފި

އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ އެނބުރި އައިސް ލަނޑު ޖަހައިފި

15 ފެބުރުއަރީ 2026
ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

07 ފެބުރުއަރީ 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

31 ޖެނުއަރީ 2026
1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު