Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމު

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ރޮނާލްޑޯ ބުނީ މިހާރު ވެސް އޭނާ އަށް ރަނގަޅު ފެންވަރުގައި ކުޅެވެމުން އަންނަ ކަމަށާއި، ރަނގަޅު ކަންތައްތަކެއް ކުރެވޭ ކަމަށެވެ. ޚާއްސަކޮށް ޤައުމީ ޓީމާއި، ކުލަބަށް ވެސް އެހީތެރިވުމުގައި މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރެވޭ ކަމަށް ރޮނާާލްޑޯ ވަނީ ބުނެފަ އެވެ. އެހެންކަމަށް ވަނީ ނަމަ، ފުޓުބޯޅަ ކެރިއަރު ކުރިއަށް ނުގެންދަންވީ ސަބަބެއް ނެތް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޮކްޓޯބަރު 2025 | ބުދަ 06:22
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ބޭނުންވާ ކަމަށް، އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ މިހެން ބުނެފައި ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ރޮނާލްޑޯ ބުނީ، ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެއީ މާ ގިނަ އަހަރު ތަކެއް ނޫން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ރޮނާލްޑޯ ބުނީ މިހާރު ވެސް އޭނާ އަށް ރަނގަޅު ފެންވަރުގައި ކުޅެވެމުން އަންނަ ކަމަށާއި، ރަނގަޅު ކަންތައްތަކެއް ކުރެވޭ ކަމަށެވެ. ޚާއްސަކޮށް ޤައުމީ ޓީމާއި، ކުލަބަށް ވެސް އެހީތެރިވުމުގައި މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރެވޭ ކަމަށް ރޮނާާލްޑޯ ވަނީ ބުނެފަ އެވެ. އެހެންކަމަށް ވަނީ ނަމަ، ފުޓުބޯޅަ ކެރިއަރު ކުރިއަށް ނުގެންދަންވީ ސަބަބެއް ނެތް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، އޭނާ ފުޓުބޯޅަ އިން ރިޓަޔާ ކުރާއިރު، ހިތްހަމަ ޖެހިގެން ހުންނާނެ ކަމަށެވެ. ހަމަ އެހެންމެ، މިހާރު އޭނާ އަށް ލިބިފައި އޮތް ކޮންމެ ވަގުތެއްގެ ވެސް ރަނގަޅު ގޮތުގައި ހޭދަ ކުރާނެ ކަމަށާއި، ކެރިއަރުގައި ބާކީ އެހާ ގިނަ އަހަރު ތަކެއް ނެތްކަން އިނގޭ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ސްޕޯޓިން އިން ސީނިއާ ކެރިއަރު ފެށި ރޮނާލްޑޯ އަކީ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެތައް ބަޔަކު ޤަބޫލު ކުރާ ކުޅުންތެރިޔެކެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ސްޕޯޓިންގެ އިތުރުން ރޮނާލްޑޯ ވަނީ، މެންޗެސްޓަރ ޔުނައިޓެޑު، ރެއާލް މެޑްރިޑު، ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ. މިވަގުތު އޭނާ ކުޅެމުން އަންނަނީ ސައުދީގެ އަލް ނަޞްރު އަށެވެ.

ޤައުމީ ޓީމުގައި ވެސް ރޮނާލްޑޯ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރޮނާލްޑޯގެ އަމާޒަކީ ޕޯޗުގަލް އާއެކު އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެ، ޤައުމީ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅްނެތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކޮށްފަ އެވެ.

ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
15 އޮކްޓޯބަރު 2025

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު