Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ނަޞްރު

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

މިވަގުތު އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި އަކީ ގިނަ ތަށި ތަކެއް ކާމިޔާބު ކުރުމާ އެކު، ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުން ކަމަށް ރޮނާލްޑޯ ބުނި. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އިތުރު އަނިޔާއެއް ނުވާ ނަމަ، އޭނާ އެ އަދަދާ އަރާ ހަމަ ކުރާނެކަން ޔަގީން ކަމަށް. އެއަށް ފަހު ރޮނާލްޑޯ ބުނީ، "އިންޝާﷲ" މިހެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 03:24
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ފުޓުބޯޅަ ކެރިއަރުގައި 1000 ގޯލު ހަމަ ކުރުމާ ގުޅޭ ގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ އޮތް ގްލޯބް ސޮކާ އެވޯޑު ހަފްލާގައި ބައިވެރިވެ، ރޮނާލްޑޯ ވަނީ އެ ވާހަކަ ދައްކައިފަ އެވެ. ގްލޯބް ސޮކާ އިން ހޮވި މިޑްލް އީސްޓުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަންނަނީ ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރުގައި ކުޅެމުންނެވެ.

އުމުރުން މިހާރު 40 އަހަރުވެފައިވާ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 956 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ފުޓުބޯޅައިގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ރޮނާލްޑޯގެ އެންމެ ބޮޑު އަމާޒަކީ ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުން ކަމަށްވާއިރު، އެކަން ކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

އެވޯޑު ހަފްލާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާ ބޭނުން ވަނީ ފުޓުބޯޅަ ކުޅުން އަދި ވެސް ކުރިއަށް ގެންދަން ކަމަށެވެ. އަދި މިވަގުތު އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި އަކީ ގިނަ ތަށި ތަކެއް ކާމިޔާބު ކުރުމާ އެކު، ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުން ކަމަށް ރޮނާލްޑޯ ބުންޏެވެ. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އިތުރު އަނިޔާއެއް ނުވާ ނަމަ، އޭނާ އެ އަދަދާ އަރާ ހަމަ ކުރާނެކަން ޔަގީން ކަމަށެވެ. 

އެއަށް ފަހު ރޮނާލްޑޯ ބުނީ، "އިންޝާﷲ" މިހެންނެވެ. އޭގެ މާނަ އަކީ ﷲ އިރާދަކުރެއްވިއްޔާ އެވެ. އެއާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ރޮނާލްޑޯ އަށް ލިބިގެން ގޮސްފަ އެވެ. ރޮނާލްޑޯ އަކީ ސައުދީ އަރަބިއްޔާގައި ކުޅެމުން އަންނަ އަދި އެ ޤައުމުގައި ދިރިއުޅެމުން އަންނަ ކުޅުންތެރިޔަކަށް ވާއިރު، ރޮނާލްޑޯ މިފަދަ ލަފުޒެއް ބޭނުން ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ކަމެކެވެ.

މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ އެފަދަ ކަންކަމުން އާންމުންގެ ސަމާލު ކަމަށް އައިސްފަ އެވެ.

މީގެ އިތުރުން އެ ހަފްލާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ، އޭނާ ހުރީ އަދި ވެސް ފުޓުބޯޅަ ކުޅުން ކުރިއަށް ގެންދެވޭ ޙާލަތެއްގައި ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅަ އަށް އޮންނަ ލޯތްބާއި، ފުޓުބޯޅަ އަށް އޮންނަ ޝައުޤުވެރި ކަމަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށް ރޮނާލްޑޯ ބުންޏެވެ. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، ސަައުދީގައި ކުޅެން ޖެހުނު ކަމަށް ވިޔަސް، ނުވަތަ ޔޫރަޕުގައި ކުޅެން ޖެހުނު ކަމަށް ވިޔަސް އޭނާ ބޭނުން ވަނީ ތަށިތައް ހޯދައި، ކާމިޔާބަށް ވާސިލުވާން ކަމަށް ރޮނާލްޑޯ ބުންޏެވެ. 

ރޮނާލްޑޯ އަކީ ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކުޅުންތެރިޔެކެވެ. ސްޕޯޓިން އިން ކެރިއަރު ފެށި ރޮނާލްޑޯ ވަނީ، މެންޗެސްޓަރ ޔުނައިޓެޑާއި، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ. މިހާރުގެ ކުލަބު އަލް ނަޞްރަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯ ވަނީ، ދެ ވަނަ ފަހަރަށް ޔުނައިޓެޑުގައި ވެސް ކުޅެފަ އެވެ. 

ކޮންމެ ކުލަބަކާ އެކު ރޮނާލްޑޯ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯ އަކީ ދެ ވަނަ އަށް، އެންމެ ގިނަ ބެލެންޑިއޯ ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ ފީފާ ބެސްޓް އެވޯޑުގެ އިތުރުން، އެތައް ގިނަ އެވޯޑު ތަކެއް ރޮނާލްޑޯ ވަނީ ހޯދައިފަ އެވެ.

ގްލޯބް ސޮކާ އެވޯޑު އައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

29 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު