Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

މެޗުން މޮޅުވެ އަލް ނަޞްރުން ވަނީ އެއް ވަނައިގައި އޮތް އަލް ޙިލާލްއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 05:46
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު މޮޅުވެއްޖެ އެވެ. 

އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އަލް ނަޞްރުން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މި މެޗުގައި އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވެ އެވެ. އެއާ އެކު، އެންމެ ފަހުން އަލް ނަޞްރު ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައި ނުވާއިރު، އަލް ނަޞްރާއި ރޮނާލްޑޯއާ ދެމެދު މައްސަލަ ޖެހިފައިވާ ކަަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މެޗުގައި އަލް ނަޞްރުން ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 84 ވަނަ މިނެޓުގަ އެވެ. އަލް ނަޞްރަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ނަޞްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެންޖެލޯ ގެބްރިއެލް އެވެ. 

މެޗުން މޮޅުވެ އަލް ނަޞްރުން ވަނީ އެއް ވަނައިގައި އޮތް އަލް ޙިލާލްއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކޮށްފަ އެވެ. އެއް ވަނައިގައި އަލް ޙިލާލް އޮތީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 50 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް ނަޞްރަށް ލިބެނީ 49 ޕޮއިންޓެވެ.

ސައުދީ ޕްރޯ ލީގުއައްނަސްރުއަލް އިއްތިހާދުކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެންޒެމާ، އަލް ޙިލާލް އަށް ބަދަލުވެއްޖެ

ބެންޒެމާ، އަލް ޙިލާލް އަށް ބަދަލުވެއްޖެ

03 ފެބުރުއަރީ 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

31 ޖެނުއަރީ 2026
އަލް ތައާވޫން އަތުން ހޯދި މޮޅާ އެކު، އަލް ނަޞްރުން ފަރަގު ކުޑަ ކޮށްފި

އަލް ތައާވޫން އަތުން ހޯދި މޮޅާ އެކު، އަލް ނަޞްރުން ފަރަގު ކުޑަ ކޮށްފި

27 ޖެނުއަރީ 2026
1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

30 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު