Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ، އަޔަލެންޑުގެ ފަރާތުން އެކަހަލަ ކުޅުމެއް ފެންނާނެ ކަމަށް ކުރިން އުންމީދު ވެސް ކުރެވުނު ކަމަށެވެ. މެޗުގައި އަޔަލެންޑުން ބޭނުން ކުރަމުން ދިޔަ އުކުޅު ތަކުގެ ސަބަބުން ހައިރާން ނުވާ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2025 | އާދީއްތަ 04:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ނެވެސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ނެވެސް އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޕޯޗުގަލް އިން ލަނޑު ޖެހީ ވެސް މެޗުގެ ފަހު ވަގުތުގަ އެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނުއިރު، ޕޯޗުގަލް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ ފުރަތަަމަ ހާފާއި ދެ ވަނަ ހާފުގައި ވެސް ޕޯޗުގަލް އިން ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕޯޗުގަލް އަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް، އަޔަލެންޑުގެ ގޯލު ކީޕަރުގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުން ޕޯޗުގަލް މޮޅުވެފައި ވަނީ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޕޯޗުގަލް އަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ ރުބެން ނެވެސް އެވެ. އެއީ ފްރަންސިސްކޯ ޓްރިކާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ، އަޔަލެންޑުގެ ފަރާތުން އެކަހަލަ ކުޅުމެއް ފެންނާނެ ކަމަށް ކުރިން އުންމީދު ވެސް ކުރެވުނު ކަމަށެވެ. މެޗުގައި އަޔަލެންޑުން ބޭނުން ކުރަމުން ދިޔަ އުކުޅު ތަކުގެ ސަބަބުން ހައިރާން ނުވާ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް އަޔަލެންޑުން ކުޅެމުން ދިޔައީ ޑިފެންސް އަށް އިސްކަން ދީގެން ކަމަށާއި، އެކަމުގެ ސަބަބުން ޕޯޗުގަލް އަށް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށް މާޓިނޭޒް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް ފަހު ވަގުތު ޖެހި ލަނޑާ އެކު ޕޯޗުގަލް މޮޅުވުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް މާޓިނޭޒް ބުންޏެވެ.

މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޕޯޗުގަލް އެއް ވަަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޕޯޗުގަލް އަށް ދެން އޮންނާނީ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު