Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ އެނބުރި އައިސް ލަނޑު ޖަހައިފި

މެޗުން މޮޅުވެ އަލް ނަޞްރު ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 52 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް ޙިލާލް އަށް ލިބެނީ 53 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2026 | އާދީއްތަ 04:54
މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސައުދީ ޕްރޯ ލީގުގައި އަލް ފާތެޙްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަލް ނަޞްރުން، އެއް ވަނައިގައި އޮތް އަލް ޙިލާލްއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކޮށްފި އެވެ.

އަލް ފާތެޙްއާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަޞްރުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އަލް ނަޞްރްއާ ޖެހުނު މައްސަލައިގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު، ރޮނާލްޑޯ އެނބުރި އައިސް ކުޅުނު މެޗެވެ. އެ ލަނޑާ އެކު ރޮނާާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 962 އަށް އަރައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަލް ނަޞްރުގެ ދެ ވަނަ ލަނޑު ޖެހީ އައިމަން ޔަހްޔާ އެވެ.

މެޗުން މޮޅުވެ އަލް ނަޞްރު ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް ޙިލާލް އަށް ލިބެނީ 53 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި ޕޮއިންޓެއްގެ ފަރަގު އޮތްއިރު، އަލް ނަޞްރުން އަންނަނީ މި ފަހުން ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ.

ސައުދީ ޕްރޯ ލީގުއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

07 ފެބުރުއަރީ 2026
ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި
31 ޖެނުއަރީ 2026

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

31 ޖެނުއަރީ 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި
27 ޖެނުއަރީ 2026

އަލް ތައާވޫން އަތުން ހޯދި މޮޅާ އެކު، އަލް ނަޞްރުން ފަރަގު ކުޑަ ކޮށްފި

27 ޖެނުއަރީ 2026
އަލް ތައާވޫން އަތުން ހޯދި މޮޅާ އެކު، އަލް ނަޞްރުން ފަރަގު ކުޑަ ކޮށްފި
30 ޑިސެމްބަރު 2025

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

30 ޑިސެމްބަރު 2025
1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ
23 ޑިސެމްބަރު 2025

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު