Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއަރޕޯޓުން ފައިސާ ފޭރުނު މައްސަލަ

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026 | ބުދަ 13:51

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި. މި ހާދިސާގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭހެން ބޮޑު އަދަދެއް ފޭރިފައިވާއިރު، ދައުވާލިބޭ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެދިފަ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ފޭރުމާއި، ބިރުދެއްކުމާއި، ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާތައް ވަނީ އުފުލާފަ.

މަޚްތޫމް
މަޚްތޫމް | 11 މާރިޗު 2026 | ބުދަ 13:51
ވެލާނާ އިންޓަނޭޝިނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝިނަލް އެއާޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންގެ މައްޗަށް ދައުވާތައް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާ ކުރެވިފައިވަނީ 8 ފެބްރުވަރީ 2026 ދުވަހާއި 26 ފެބްރުވަރީ 2026 ދުވަހުއެވެ. މި މައްސަލަ ހިނގީ 27 އޮކްޓޫބަރު 2025 ދުވަހުގެ ފަތިހު 4:15 އެހައިކަންހާއިރު އެވެ.

Advertisement - newsAdvertisement

ދައުވާގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށް މަސައްކަތް ކުރަނިކޮށެވެ. ގިނަ އަދަދެއްގެ ފައިސާ ސޫޓްކޭސްއަކަށް އަޅައިގެން ބޭންކްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާ ކަމުގަ އެވެ.

ފޭރުނު ފައިސާގެ ތެރޭގައި 4،900 ޔޫރޯއާއި، 1،735 ޕައުންޑާއި، 2،610 ސިންގަޕޯރ ޑޮލަރާއި، 1،345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1،515 ކެނޭޑިއަން ޑޮލަރާއި، 334،000 ޖަޕަނީސް ޔެންއާއި، 10،420 ހޮންގކޮންގް ޑޮލަރާއި، 106،120 ޔޫއެސް ޑޮލަރާއި، 23،778 ދިވެހި ރުފިޔާއާއި، 25،000 އިންޑިއަން ރުޕީސްއާއި، 600 ޗައިނީސް ޔުއާން ހިމެނެ އެވެ.

މި މައްސަލައިގައި ދައުވާ ކުރެވިފައިވާ މީހުންނަކީ ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާހިދުއާއި، ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލާއި، ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލު އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި، ލ. މާވަށް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި، ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާން އެވެ.

އަޙްމަދު މާހިދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ފޭރުމުގެ ކުށާއި، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށާއި، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރެވިފައިވެ އެވެ.

ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށާއި، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރެވިފައިވެ އެވެ.

ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށާއި، ޙުސައިން ޝަހުދުއާއި، މާޒިން މޫސާއާއި، އަޙްމަދު ރައިހާން ނަޢީމްއާއި، އިބްރާހީމް އަނޫފްއާއި، އިސްމާޢީލް ސިރްހާންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރެވިފައިވެ އެވެ.

މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވެ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓްވެލާނާ އެއަރޕޯޓްބޭންކް އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 މާރިޗު 2026

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ
10 މާރިޗު 2026

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް
10 މާރިޗު 2026

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް

10 މާރިޗު 2026
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް
08 މާރިޗު 2026

ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން

08 މާރިޗު 2026
ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން
06 މާރިޗު 2026

ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި

06 މާރިޗު 2026
ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި
05 މާރިޗު 2026

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

05 މާރިޗު 2026
ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!
02 މާރިޗު 2026

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި
02 މާރިޗު 2026

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

02 މާރިޗު 2026
ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު
01 މާރިޗު 2026

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

01 މާރިޗު 2026
ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
28 ފެބުރުއަރީ 2026

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

28 ފެބުރުއަރީ 2026
އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް