Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަރުގެ މައްސަލަ

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

ގާޒީ ވަނީ އޭނާ ގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައި، ދެން މި މައްސަލައިގައި އޮންނާނީ ވާރިސުންގެ ބަސް ހޯދުމާއި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކައި، އަދަބު ކަނޑައެޅުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 08:09
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށް

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށް | ރާއްޖެ އެމްވީ

ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށެވެ. އޭނާ ގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.

އޭނާ ގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުގައި އޭނާ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމްގެ ކަރާއި، މެޔާއި، މައިބަދައާއި، ބުރަކައްޓަށް ކަތިވަޅިއަކުން ޙަމަލާދީފައިވެއެވެ. އެގޮތުން އެ ޙާދިސާ ހިނގާފައިވަނީ 21 މެއި 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާ އަމަލު ހިންގިކަމަށް އެއްބަސްވި ނަމަވެސް، އޭނާ ބުނާ ގޮތުގައި މި އަމަލު އޭނާ ހިންގީ ނަފްސުގެ ދިފާއުގައެވެ. އަދި އެ ތަފްސީލުތައް އޭނާ ފުލުހުންގެ ތަހުގީގުގައިވެސް ކިޔާދީފައިވެއެވެ.

އޭނާ ކިޔާދިން މައުލޫމާތާ އެއްގޮތަށް ފުލުހުން ވަނީ ޙަމަލާ ދިނުމަށް ބޭނުންކުރި ވަޅިވެސް ހޯދާފައެވެ. އެ ވަޅިން ބަބުލް މިއާ އަދި ޝާހް އާލޮމްގެ ޑީއެންއޭވެސް ފެނިފައިވެއެވެ.

މި މައްސަލައިގައި ދައުލަތާއި ދިފާއުންވެސް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ބަބުލް މިއާ އޭނާ ގެ ދިފާއުގައި 5 ހެއްކެއް ހުށަހެޅިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރެވެ. ގާޒީ ވަނީ މި މައްސަލައިގައި ކުށުގެ ރުކުންތައް ފުރިހަމަވާ ގޮތް ކިޔާދެއްވާފައެވެ. އެގޮތުން ކުށުގެ އަމަލާއި ނިޔަތާ ގުޅޭ ރުކުންތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ބަލައި އެކަން ގާޒީ ވަނީ ކިޔާދެއްވާފައެވެ.

ބަބުލް މިއާގެ ފަރާތުން އިންކާރު ކުރަނީ އޭނާ ޝާހް އާލޮމް މަރާލީ ގަސްތުގައިކަމަށް ބުނާ ބުނުމަށެވެ. ނަމަވެސް އޭނާ ބޭނުންކުރި ހަތިޔާރަކީ މީހަކު މަރާލުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެއް ކަމަށާއި، އޭނާ ދިން ޙަމަލާ އަމާޒުކޮށްފައިވާ ތަނާއި، ޙަމަލާ ދިނުމަށްފަހު ކަންކުރި ގޮތް ފަދަ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އޭނާ ގެ ނިޔަތް އޮތްކަން ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

ގާޒީ ވިދާޅުވީ، ކަތިވަޅިއަކުން އޭނާ ތަކުރާރުކޮށް ޝާހް އަލޮމްއަށް ޙަމަލާދިންކަން މި މައްސަލައިގެ ހެކިތަކުން ފެންނަން އެބައޮތް ކަމަށެވެ.

ޝާހް އަލޮމް ނިޔާވުމުގެ ކުރިން އެންމެ ފަހުން ބަހެއް ބުނެފައިވަނީ އެތަނުގައި އުޅޭ އެހެން ބިދޭސީއެއްގެ ގާތުގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، "ތިމަންނާ ކޮޓަރިއަށް އައިސް މީހަކު ތިމަންނާ ބަނޑު ދަށަށް ވަޅި ޖަހައިފިއޭ" ކަމަށެވެ. އޭނާ ވަނީ އޭނާ ނިދާފައި އޮއްވައި މީހަކު އައިސް އޭނާ "ކަފާލާފައި ގޮސްފިކަމަށް"ވެސް ބުނެފައެވެ.

މި މައްސަލައިގައި އޭނާ ނިދަން އޮތް އެނދުގައިވެސް ވަޅިން ކަފައިގެން ގޮސްފައިވާ ނިޝާން ހުރިކަން މައްސަލައިގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުން އެނގެއެވެ.

މީގެ އިތުރުން، މިއީ އޭނާ ނަފްސުގެ ދިފާއުގައި ދިން ޙަމަލާއެއްކަމަށް ބުނެ ހެކި ހުށަހެޅިނަމަވެސް، އޭނާ ހުށަހެޅި އެއްވެސް ދިފާއީ ހެއްކަކީ އެ ޙާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ބިދޭސީންނެއް ނޫނެވެ.

ހަމައެއާއެކު، އެވަރުގެ ޙާދިސާއެއް ހިންގުމަށްފަހުވެސް އޭނާ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ދޮގު މައުލޫމާތު ދިނުމަށްކަން އެނގެން އޮތްކަން ގާޒީ ވިދާޅުވިއެވެ. އެގޮތުން އޭނާ ގެ މައްޗަށް މި މަރާ ގުޅިގެން ފުރަތަމަ ތުހުމަތު ކުރެވުނީވެސް އޭނާ ދޮގުހެދިކަން ހާމަވަމުން ދިޔަ ހިސާބުންނެވެ.

އެހެންވެ ގާޒީ ވަނީ އޭނާ ގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ވާރިސުންގެ ބަސް ހޯދުމާއި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކައި، އަދަބު ކަނޑައެޅުމެވެ.

ކްރިމިނަލް ކޯޓްމަރުގެ މައްސަލަމަރުގެ ތަޙުޤީޤު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު