Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާގެ ދައުވާ

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި

ތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހުސައިން ސަނީ އުމަރުގެ މައްޗަށް ޖުމްލަ 5 ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ. މި މައްސަލައިގައި ޖިންސީ ގޯނާގެ ތިން ދައުވާގެ އިތުރުން، އަދުލު އިންސާފަށް ހުރަސްއެޅުމާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާވެސް ހިމެނޭއިރު، މި ކުށްތައް ސާބިތުވެއްޖެނަމަ މަދުވެގެން 44 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި ދައުވާތަކަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 12:52
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި | ސޯޝަލް މީޑިއާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް 5 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި 3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 3 ދައުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ ހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުރެވިފައިވާ ދައުވާތަކުގައި، ކުޑަކުދިންގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ބުނެފައިވެ އެވެ. އެގޮތުން ފުރަތަމަ ދައުވާގައި، ކުޑަކުއްޖަކު ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

ދެވަނަ ދައުވާގައި ޢުމުރުން 10 ނުވަތަ 11 އަހަރުގެ ކުޑަކުއްޖަކާއި، ތިންވަނަ ދައުވާގައި ޢުމުރުން 9 ނުވަތަ 10 އަހަރުގެ ކުޑަކުއްޖަކާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ތިން ދައުވާއަށް ވެސް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އެ ފޯނު ގެއްލިފައިވާކަމަށް ބުނެ ފުލުހުންނާ ހަވާލުކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާގައި، ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުގައި، މި ދައުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ އެވެ. އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގަ އެވެ.

ޙުސައިން ސަނީ ޢުމަރުޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓްކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު