Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައީމާގެ މަރު

ނައީމާ މަރާލި މައްސަލައިގައި ދައުވާލިބޭ ހަސަން ފަވާޒަކީ ލޭއަޅާ ކުއްޖެއް، އެކަށީގެންވާ ފަރުވާ ނުދެވޭތީ ބަންދަށް ލުޔެއް!

ހަސަން ފަވާޛަކީ ލޭ އަޅާ ކުއްޖެއް. އަދި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުން މީގެ ކުރިން ދިފާއުން ޝަރީއަތާ ވެސް ހިއްސާކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 10:27
ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް

ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް | ރާއްޖެއެމްވީ

 

6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛު ބަންދުކޮށްފައި ހުރިނަމަވެސް، އޭނާ ގެ ބަލި ޙާލަތަށް ރިއާޔަތްކޮށް ބަންދަށް ލުއި ދީފިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އޭނާ ގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30 ނޮވެންބަރު 2023 ގައެވެ.

ހަސަން ފަވާޒަކީ ލޭ އަޅާ ކުއްޖެކެވެ. އަދި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުން މީގެ ކުރިން ދިފާއުން ޝަރީއަތާ ވެސް ހިއްސާކޮށްފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ މަރުޙަލާއިން ފެށިގެން ފަވާޛު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.  

އެހެންނަމަވެސް އޭނާ ގެ ޞިއްޙީ ޙާލަތާ ގުޅިގެން  ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުން ދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.

ޙަސަން ފަވާޒުގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، އޭނާއަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، ޝަރުޠުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުމާއި، ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުމާއި،  ބޭސްފަރުވާ ހޯދުމަށް ފިޔަވައި ދުވާލު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި، ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތެއް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުމެވެ.

މީގެ އިތުރުން، މާލެއިން ބޭރަށް ނުދިއުމާއި، މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުމުގެ އިތުރުން،  ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި، ކްރިމިނަލް ކޯޓާއި ޙިއްޞާކުރަމުން ދިއުމަށް ވެސް އަންގާފައިވެއެވެ.

އެ ޝަރުޠުތަކަށް ޙަސަން ފަވާޛު އެއްބަސްވެފައިވާތީ 17 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.

ޙަސަން ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ޙަސަން ފަވާޛްގެ މައްޗަށް ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދޭނެއެވެ.

 

ކްރިމިނަލް ކޯޓްނައީމާ މޫސާގެ މަރުތެލަސީމިއާ ޕޭޝަންޓުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި

16 މާރިޗު 2026
ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު