Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޢީދު ޚުޠުބާ

ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް އީދު ޚުތުބާގައި ގޮވާލައިފި

ފިޠުރު ޢީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތައި ރަޙިމުގެ ގުޅުން ބަދަހިކުރުމަށް މިއަދުގެ ޚުޠުބާގައި ނަސޭހަތްތެރިވެފައިވޭ. މުޖުތަމަޢުގެ އެއްބައިވަންތަކަން ދަމަހައްޓައި ފަޤީރުންނަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަމަޟާން މަހަށްފަހު ވެސް އަޅުކަމުގައި ދެމިތިބުމަށް ވަނީ ގޮވާލާފައި. އަދި ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއްކަން ޚުޠުބާގައި ހަނދާންކޮށްދީފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 03:55
ބޮޑު ޖަމާއަތުގައި ކުރެވުނު ފިތުރު އީދު ނަމާދުގެ ތެރެއިން

ބޮޑު ޖަމާއަތުގައި ކުރެވުނު ފިތުރު އީދު ނަމާދުގެ ތެރެއިން | ރާއްޖެ އެމްވީ

މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ދަމަހައްޓައި، ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ފިތުރު އީދު ދުވަހުގެ ޚުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ފިތުރު އީދު ހުތުބާގައި ވަނީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށްފަހު ބައްދަލުކުރި މި އުފާވެރި ދުވަހަކީ މާތް ﷲ ދެއްވި ހިދާޔަތާއި ނިޢުމަތްތަކަށް ޝުކުރުކޮށް، ތަކުބީރުގެ އަޑުން މުޅި ފަޒާ ގުގުމާލަންވީ ދުވަސްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފަ އެވެ. މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޢީދުތަކަކީ މުސްލިމުންގެ މެދުގައިވާ ބަދަހި ގުޅުމާއި، ކުޑަކުދިންނާއި ބޮޑެތިމީހުންގެ އިތުރުން ފަޤީރުންނާއި މުއްސަނދިންގެ މެދުގައި އޮންނަ އޯގާތެރިކަން ރަމްޒުކޮށްދޭ މުނާސަބަތެކެވެ. މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި މާތް ﷲގެ ޙައްޤުތައް އަދާކުރުމަށާއި، އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ވަނީ ބާރުއަޅާފަ އެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް މިއަދު ގޮވައިލަން! ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރާށެވެ! މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން. މާތް الله ވަޙީކުރައްވައިފައވޭ. " މާތް اللهގެ ހައްޤުތަކަށް ފަހު، މައިންބަފައިންގެ ޙައްޤުތައް. އެއީ މާތް اللهގެ ޙައްޤުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް އަމުރުކުރެއްވީތީ. މި ކަމަށް އިޝާރާތްކުރައްވައި ވަޙީކުރައްވައިފައިވޭ. "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވި." ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުން. އެ ގުޅުންތައް ދަމަހައްޓާންވީ ގޮތް ބަޔާންކުރައްވައި، ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވޭ. "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫން. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަޙިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާ." 
ފިތުރު އީދު ހުތުބާ

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ޚާއްޞަކޮށް އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަ ނުދިނުމަށާއި، ޢީދުގެ އުފަލުގައި އެހެން ނަސްލުތަކުގެ މުސްލިމުންވެސް ބައިވެރިކުރުމަށް ގޮވާލާފައިވެ އެވެ. ފިޠުރު ޒަކާތުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރުމަށް އަންގަވާފައިވަނީ ފަޤީރުންނާއި މިސްކީނުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

ޤައުމެއްގެ ހަމަޖެހުމަށްޓަކައި އަމާންކަމާއި ފުދުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިބްރާހީމްގެފާނު ކުރެއްވި ދުޢާފުޅުން ޚުޠުބާގައި މިސާލު ދައްކާފައިވެއެވެ. އަމާންކަމެއް ނެތް ތަނެއްގައި އެއްވެސް ހަމަޖެހުމެއް ނޯންނާނެތީ، ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއްކަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަމަޟާން މަސް ވަކިވެގެން ދިޔަ ނަމަވެސް، ނަމާދު ޤާއިމުކުރުމާއި އަޅުކަމުގައި ދެމިތިބުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

 މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ރޯދައަކީ، ތަރުބިޔަތުގެ މަދަރުސާއެކެވެ. އިސްލާމްދީނަކީ، އެ ދީނުގެ ޝިޢާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެވެ. މި ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަޚުވަންތަކުރުން. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވޭ. "ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއް. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެ. އަދި އޭނާއަށް އަނިޔާވެރިވުމަށް ދުޝްމަނުންގެ އަތްމައްޗަށް ދޫކޮށެއް ވެސް ނުލާނެ. އޭނާގެ އަޚާގެ ބޭނުމެއް ފުއްދައިދިނުމުގައި ދެމިހުރި މީހާގެ ބޭނުން ފުއްދައިދެއްވުމުގައި މާތް ﷲ ވޮޑިގެންވޭ. މުސްލިމެއްގެ ކިބައިން މުޞީބާތެއް ފިލުވައިދީފި މީހާއަށް، އެ ކަމުގެ ސަބަބުން ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް މާތް ﷲ ފިއްލަވައިދެއްވާނެ. މުސްލިމެއްގެ ޢައިބެއް ފޮރުވައިދީފި މީހާއަށް، ޤިޔާމަތްދުވަހުން މާތް ﷲ އޭނާގެ ޢައިބުތައް ފޮރުވައިދެއްވާނެ."  
ފިތުރު އީދު ހުތުބާ

ޚުޠުބާ ނިންމާލާފައިވަނީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމުގެ މަތިވެރި ސިފަތަކަށް އަލިއަޅުވާލަމުންނެވެ. އެގޮތުން އެކަކު އަނެކަކަށް އަނިޔާވެރިނުވުމަށާއި، މުސްލިމް އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބުމަށް ބާރުއަޅާފައިވެ އެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މުހިންމުކަން ފާހަގަކޮށް، އެއީ މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބު ލިބޭނެ ކަމެއްކަން ހަނދާންކޮށްދީފައިވެ އެވެ.

ފިޠުރު ޢީދުޢީދު ޚުޠުބާފިޠުރު ޒަކާތްއިސްލާމް ދީން

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީވިލާތަށް އީދު ވަނީ ހުކުރު ދުވަސް ސިންގަޕޫރުން އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ބުނެފި

ތުރުކީވިލާތަށް އީދު ވަނީ ހުކުރު ދުވަސް ސިންގަޕޫރުން އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ބުނެފި

18 މާރިޗު 2026
ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

18 މާރިޗު 2026
ފަލަކީ ހިސާބުން ބުދަ ދުވަހު ހަނދު ފެނުން "މުސްތަހީލު"

ފަލަކީ ހިސާބުން ބުދަ ދުވަހު ހަނދު ފެނުން "މުސްތަހީލު"

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު