Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް 1446

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 މާރިޗު 2025 | ހޮނިހިރު 06:48
ޒަކާތު ހައުސްއިން 1445 ވަނަ އަހަރު ރަމަޟާންމަހުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ ތެރެއިން، މިއަހަރުވެސް ރަމަޟާންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަން ވަނީ ނިންމާފައި

ޒަކާތު ހައުސްއިން 1445 ވަނަ އަހަރު ރަމަޟާންމަހުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ ތެރެއިން، މިއަހަރުވެސް ރަމަޟާންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަން ވަނީ ނިންމާފައި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ހޮނިހިރު ދުވަހުން ފެށިގެން މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެއެވެ.

Advertisement - newsAdvertisement

ޒަކާތު ހައުސްއިން ބުނީ 1446 ވަނަ އަހަރުގެ ފިތުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 6:00 އާހަމައަށް ކަމަށެވެ.

އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓް ފޯމްއަކުން ޒަކާތް ދެއްކޭނެއެވެ. އެގޮތުން ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)، އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)، މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން، ފަހިޕޭ (އެޕްލިކޭޝަން) ގެ އިތުރުން ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ.

ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ޒަކާތު ހައުސިން އިން ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް ރަމަޟާން މަހު، އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އެގޮތުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. އަދި 23 މާރިޗުން 30 މާރިޗާ ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00ން މެންދުރުފަހު 14:00 އަށެވެ.

ޒަކާތު ހައުސްއިން ބުނީ މާލެސިޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލަކުން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

  1. އާދައިގެ ހަނޑޫ: 12 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
  3. ރަތް ހަނޑޫ: 86 ރުފިޔާ
  4. ބަސްމަތީ ހަނޑޫ އާދައިގެ: 74 ރުފިޔާ
  5. ބާސްމަތީ ހަނޑޫ މޮޅު: 100 ރުފިޔާ
  6. ބާސްމަތީ ހަނޑޫ އެންމެ މޮޅު: 133 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 75 ރުފިޔާ

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އެއްޗެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

ރަަމަޟާންފިޠުރު ޒަކާތްއޮންލައިން ޕްލެޓްފޯމްއިސްލާމީ މަރުކަޒުމޯލްޑިވްސް ޒަކާތު ހައުސްމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ވިލުފުށީގައި 8 އަހަރު ކުރިން ބިނާކުރި ބޮޑު މިސްކިތް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި

ވިލުފުށީގައި 8 އަހަރު ކުރިން ބިނާކުރި ބޮޑު މިސްކިތް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި

24 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
  އާދީއްތަ ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

އާދީއްތަ ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު