Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޝައްވާލު ހަނދު ބެލުން

ފަލަކީ ހިސާބުން ބުދަ ދުވަހު ހަނދު ފެނުން "މުސްތަހީލު"

2026 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަނޑައެޅުމަށްޓަކައި ސައުދީ އަރަބިއްޔާއިން ބުދަ ދުވަހު ހަނދު ބެލުމަށް ހަމަޖައްސާފައި އޮތް ނަމަވެސް، އެ ދުވަހު ހަނދު ފެނުމަކީ ފަލަކީ ހިސާބުތަކުން މުސްތަހީލު ކަމެއް ކަމަށް އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ވަނީ ބުނެފައި. އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ ބުދަ ދުވަހު ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް އެ ސެންޓަރުން ހާމަކުރޭ.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 16:03
2026 ވަނަ އަހަރުގެ ފިޠުރުޢީދު ދުވަސް ކަނޑައެޅުމަށްޓަކައި، ޝައްވާލު މަހުގެ ހަނދު ބެލުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އިތުރުން އިސްލާމީ ބައެއް އެހެން ގައުމުތަކުން ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.

2026 ވަނަ އަހަރުގެ ފިޠުރުޢީދު ދުވަސް ކަނޑައެޅުމަށްޓަކައި، ޝައްވާލު މަހުގެ ހަނދު ބެލުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އިތުރުން އިސްލާމީ ބައެއް އެހެން ގައުމުތަކުން ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. | އެސްޕީއޭ

2026 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަނޑައެޅުމަށްޓަކައި، ޝައްވާލު މަހުގެ ހަނދު ބެލުމުގެ މަސައްކަތް ސައުދީ އަރަބިއްޔާއާއި އިސްލާމީ ބައެއް އެހެން ގައުމުތަކުން ހަނދު ބެލި ނަމަވެސް ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި އެ ދުވަހު ހަނދު ފެނުމަކީ "މުސްތަހީލު" ކަމެކެވެ.

ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ވަނީ، ރަމަޟާން މަހުގެ 29 ވާ ބުދަ ދުވަހުގެ އިރުއޮއްސޭ ވަގުތު ޝައްވާލު މަހުގެ ހަނދު ބެލުމަށް އެ ގައުމުގެ އެންމެހައި މުސްލިމުންނަށް ގޮވާލާފައެވެ. މިއީ ފިޠުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސްތޯ ނުވަތަ ހުކުރު ދުވަސްތޯ ކަނޑައެޅުމަށެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ހާމަކުރި ގޮތުގައި، މާރިޗު މަހުގެ 18 ވާ ބުދަ ދުވަހު ހަނދު ބަލާ ގައުމުތަކަށް އެ ދުވަހު ހަނދު ފެނުމަކީ ނާދިރު ކަމެކެވެ. އެއީ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީއާއި، އިރު އޮއްސޭ ފަހުން ހަނދު ކޮންޖަންކްޝަން (އިރާއި ހަނދު އެއް ސަފަކަށް އައުން) މަރުހަލާ ފުރިހަމަވާތީއެވެ.

އެކްސްގައި އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޤަޠަރު، ބަޙްރައިން، ކުވެއިތު، ޔަމަން، ފަލަސްޠީން، ލުބުނާން، ސޫދާން އަދި އިރާޤުގެ ބައެއް ސަރަހައްދުތަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށެވެ. 

ނަމަވެސް، ފަލަކީ ހިސާބުތަކަށް ރިއާޔަތްކޮށް އެ ސެންޓަރުން ބާރުއަޅައި ބުނެފައިވަނީ، އެ ދުވަހު ދުނިޔޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނުމަކީ "މުސްތަހީލު" ކަމެއް ކަމަށެވެ.

އެ ސެންޓަރުން އިތުރަށް ފާހަގަކުރި ގޮތުގައި، މާރިޗު މަހުގެ 19 ވާ ބުރާސްފަތި ދުވަހަކީ ތުރުކީ، އިންޑޮނޭޝިއާ، މެލޭޝިއާ، ބުރުނާއީ، ސިންގަޕޫރު، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، އީރާން، އޮމާން، އުރުދުން، ސޫރިޔާ، މިޞްރު، ލީބިޔާ، ޓިއުނީޝިއާ، އަލްޖީރިއާ، މޮރޮކޯ، މޮރިޓޭނިއާ އަދި އިރާޤުގެ ބައެއް ސަރަހައްދުތަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކުން ހަނދު ބެލުމުގެ މަސައްކަތް ކުރާނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސޭ ވަގުތުގައެވެ.

ބުރާސްފަތި ދުވަހު ވެސް އިސްލާމީ ދުނިޔޭގެ އިރުމަތީ ސަރަހައްދުތަކަށް ހަނދު ފެނުމުގެ ފުރުސަތު ކުޑަ ކަމަށާއި، މެދުތެރޭ ސަރަހައްދުތަކަށް ހަނދު ފެނުން ދަތިވާނެ ކަމަށް އެ ސެންޓަރުން ފާހަގަކުރިއެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ވަނީ ދުނިޔެއަށް ހަނދު ފެންނާނެ މިންވަރު ދައްކުވައިދޭ ޗާޓެއް ވެސް އާންމުކޮށްފައެވެ. އެ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކަށް، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ ހަނދު ފެނުމަކީ މުސްތަހީލު ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މަސްދަރު: ސައުދީ ގެޒެޓް

ފިޠުރު ޢީދުހަމަދާންޝައްވާލުއިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރު

އިތުރަށް ކިޔާލަން

18 މާރިޗު 2026

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!
11 މާރިޗު 2026

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026
އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
20 ފެބުރުއަރީ 2026

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026
80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު