Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

2026 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 19 ވަނަ ދުވަހު ކަމަށާއި، މިއަހަރުގެ ރޯދަ ދުވަސްތަކުގައި ގިނަ އަރަބި ގައުމުތަކުގައި ރޯދައިގެ ވަގުތު 12 އިން 13 ގަޑިއިރާ ހަމައަށް ދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 20:18
ހާރވެސްޓް މޫންގެ ނަމުން މަޝްހޫރު މި އަހަރުގެ ފުރަތަމަ ސުޕަރމޫން، ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރ ގެ އުޑުމަތީގައި އަނދިރި ވިލާތަކެއްގެ ތެރެއިން ފާޅުވަނީ، އޮކްޓޯބަރު 7، 2025

ހާރވެސްޓް މޫންގެ ނަމުން މަޝްހޫރު މި އަހަރުގެ ފުރަތަމަ ސުޕަރމޫން، ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރ ގެ އުޑުމަތީގައި އަނދިރި ވިލާތަކެއްގެ ތެރެއިން ފާޅުވަނީ، އޮކްޓޯބަރު 7، 2025

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނެ ކަމަށް ލަފާކުރެވެނީ، ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަހު ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓުކޮށްފައިވެއެވެ.

އެމިރޭޓްސް އެސްޓްރޮނޮމިކަލް ސޮސައިޓީގެ ރައީސް އިބްރާހިމް އަލް ޖަރުވާން ވިދާޅުވެފައިވަނީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފުރަތަމަ ފާޅުވާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް އެ ދުވަހު އިރުއޮއްސުމުގެ އެއް މިނެޓު ފަހުން ހަނދު އޮއްސޭނެއަތީ، އެ ރޭ ހަމަ ލޮލަށް ހަނދު ފެންނާނެ ކަމަށް ނުބެލެވެއެވެ. އެހެން ކަމުން، ފެބްރުއަރީ 19 އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބުރާސްފަތި ދުވަހު، ފެބްރުއަރީ 19 އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށާއި، ހުކުރު ދުވަހު، މާރޗް 20 އަކީ ޝައްވާލް މަހާއި ޢީދުލް ފިޠުރުގެ ފުރަތަމަ ދުވަސް ކަމުގައިވާނެ" ކަމަށް އަލް ޖަރުވާން ވިދާޅުވިކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓް ކޮށްފައި ވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ހަނދުބަލާ ކޮމިޓީން ފެބްރުއަރީ 18 ގައި ހަނދުބަލައި ރޯދަ ފެށޭ ސީދާ ތާރީޚު ކަނޑައަޅާނެ ކަމަށް ބެލެވެއެވެ.

ރަމަޟާން މަހާއި އެހެނިހެން އިސްލާމީ ހަނދުމަސްތައް ފެށޭ ތާރީޚު ކަނޑައެޅެނީ ހިޖުރީ ކަލަންޑަރާ އެއްގޮތަށެވެ. މި ކަލަންޑަރު ބިނާވެފައިވަނީ ދުނިޔެ ވަށައިގެން ހަނދު ދައުރުވާ 12 މަހުގެ ސައިކަލްގެ މައްޗަށެވެ.

2026 ވަނަ އަހަރުގެ ރަމަޟާން މަހުގައި ރޯދައިގެ ވަގުތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތުވާނެ ކަމަށް ބެލެވެއެވެ.

މަހުގެ ފުރަތަމަ ދުވަސްތަކުގައި ގިނަ ޢަރަބި ޤައުމުތަކުގައި - ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ޔޫ.އޭ.އީ، ޤަޠަރު، އަދި ކުވެއިތް ހިމެނޭ ގޮތަށް - ރޯދައިގެ ވަގުތު ގާތްގަނޑަކަށް 12 ގަޑިއިރު ވާނެއެވެ. އަދި މި ބަރަކާތްތެރި މަހުގެ ފަހު ދުވަސްތަކާ ހަމައަށް ދާއިރު ދުވާލުގެ ވަގުތު އިތުރުވެ ގާތްގަނޑަކަށް 13 ގަޑިއިރާ ހަމައަށް އަރާނެއެވެ.

މަސްދަރު: އަލް އަރަބިއްޔާ

ރަމަޟާން މަސްއެމިރޭޓްސް އެސްޓްރޮނޮމިކަލް ސޮސައިޓީފިޠުރު ޢީދުހިޖުރީ ކަލަންޑަރުރަމަޟާން 1447

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައި 100ށް ވުރެ ގިނަ އެކްސިޑެންޓް، މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވޭ

ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައި 100ށް ވުރެ ގިނަ އެކްސިޑެންޓް، މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވޭ

20 މާރިޗު 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025
ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

01 މާރިޗު 2025
ވިޔަފާރިތަކަށް ރޯދަ މަހުގެ މުހިންމު ގަޑިތައް

ވިޔަފާރިތަކަށް ރޯދަ މަހުގެ މުހިންމު ގަޑިތައް

28 ފެބުރުއަރީ 2025
މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި

މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި

28 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު