Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްފިޠުރު އީދު

ތުރުކީވިލާތަށް އީދު ވަނީ ހުކުރު ދުވަސް ސިންގަޕޫރުން އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ބުނެފި

ފަލަކީ ހިސާބުތަކަށް ބަލައި ތުރުކީވިލާތުން މިއަހަރުގެ ފިޠުރުޢީދު ދުވަހަކީ މާރިޗު 20 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު، ސިންގަޕޫރުން ވަނީ އެ ދުވަހަކީ މާރިޗު 21 ވާ ހޮނިހިރު ދުވަސް ކަމަށް އިޢުލާނުކޮށްފައި. ތުރުކީން މިގޮތަށް ނިންމީ ބުރާސްފަތި ދުވަހު ހަނދު ފެންނާނެ ކަމަށް ލަފާކުރެވޭތީ ކަމަށްވިޔަސް، ސިންގަޕޫރުން ބުނެފައިވަނީ އެ ދުވަހު އެ ޤައުމަށް ހަނދު ފެނުމަކީ ފަލަކީ ގޮތުން މުސްތަޙީލު ކަމެއް ކަމަށް.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 16:12
މިއަހަރުގެ ފިޠުރުޢީދު ދުވަހަކީ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމަށް ތުރުކީވިލާތުން ވަނީ ކަނޑައަޅާފައި.

މިއަހަރުގެ ފިޠުރުޢީދު ދުވަހަކީ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމަށް ތުރުކީވިލާތުން ވަނީ ކަނޑައަޅާފައި. | ސައުދީ ގެޒެޓް

ފަލަކީ ހިސާބުތަކަށް ބަލައި، ތުރުކީވިލާތާއި ސިންގަޕޫރުން މިއަހަރުގެ ފިޠުރުޢީދު ދުވަސް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ދެ ޤައުމަކީވެސް ހަނދު ބެލުމުގެ ސުންނަތުގެ ބަދަލުގައި، ކަލަންޑަރު ކަނޑައެޅުމުގައި ސައިންޓިފިކް ފަލަކީ ހިސާބުތަކަށް ބަރޯސާވާ ދެ ޤައުމެވެ.

ތުރުކީވިލާތުން ކަނޑައަޅާފައިވާ ގޮތުގައި މިއަހަރުގެ ފިޠުރުޢީދު ދުވަހަކީ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހެވެ. އެ ޤައުމުން މިގޮތަށް ނިންމީ، ބުރާސްފަތި ދުވަހު ތުރުކީވިލާތުގެ ސަރަޙައްދުތަކަށާއި ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކަށް ޝައްވާލު މަހުގެ ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީއެވެ.

ނަމަވެސް، ސިންގަޕޫރުން ނިންމާފައިވަނީ މިއަހަރުގެ ފިޠުރުޢީދު ދުވަހަކީ މާރިޗު މަހުގެ 21 ވާ ހޮނިހިރު ދުވަސް ކަމަށެވެ. ސިންގަޕޫރުން މިގޮތަށް އިޢުލާނުކުރީ، ބުރާސްފަތި ދުވަހުގެ އިރުއޮއްސޭ ވަގުތު އެ ޤައުމަށް ހަނދު ފެނުމަކީ ފަލަކީ ގޮތުން މުސްތަޙީލު ކަމަކަށް ވާތީއެވެ.

ފިޠުރު ޢީދުޝައްވާލު

އިތުރަށް ކިޔާލަން

18 މާރިޗު 2026

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

18 މާރިޗު 2026
ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި
18 މާރިޗު 2026

ފަލަކީ ހިސާބުން ބުދަ ދުވަހު ހަނދު ފެނުން "މުސްތަހީލު"

18 މާރިޗު 2026
ފަލަކީ ހިސާބުން ބުދަ ދުވަހު ހަނދު ފެނުން "މުސްތަހީލު"
18 މާރިޗު 2026

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު