Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝައްވާލު މަހުގެ ހަނދު ބެލުން

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

މިއަހަރުގެ ފިތުރު އީދު ހަނދު ބެލުން މި އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށާއި، ހަނދު ފެނިއްޖެ ނަމަ ލަސްނުކޮށް ކޯޓުތަކަށް ނުވަތަ ކައުންސިލް އިދާރާތަކަށް އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ. ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ މީހުންގެ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދޭން ނިންމާފައިވާއިރު، ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ނިމެންދެން ކޯޓުތަކާއި ކައުންސިލްތައް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ހުޅުވާފައި ހުންނާނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 08:28
ފިތުރު އީދަށް ހަނދު ބެލުން މި މަހު 18 ގައި އޮންނާނެ: ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ހަނދު ފެނިއްޖެ ނަމަ އެ އިދާރާ އަށް އަންގަން އެދިފައި

ފިތުރު އީދަށް ހަނދު ބެލުން މި މަހު 18 ގައި އޮންނާނެ: ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ހަނދު ފެނިއްޖެ ނަމަ އެ އިދާރާ އަށް އަންގަން އެދިފައި | ރާއްޖެއެމްވީ

ޝައްވާލު މަހުގެ ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި، އެކަމާ ގުޅޭ ގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

އީދަށް ހަނދު ބެލުން އޮންނާނީ މި އަންނަ ހަފްތާގެ ބުދަ ދުވަހު ކަމަށާއި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހަނދާ ބެހޭ މައުލޫމާތު ދިނުމަށް އެ އިދާރާ އިން އެދިފައިވެ އެވެ.

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ޖެހޭނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގަ އެވެ. އަދި އެހެން ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގަ އެވެ.

ޑީޖޭއޭ އިން ބުނި ގޮތުގައި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ އެވެ.

ހަނދު ފެނިގެން އެ މައުލުމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި އެ ނޫންވެސް އެފަދަ މައުލޫމާތު ދޭންޖެހޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ޝައްވާލު މަހުގެ ހަނދުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން 18 މާރިޗު ވާ ބުދަ ދުވަހުގެ ހަވީރު 05:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލުތައް ވެސް ހުޅުވާފައި ހުންނާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މި ރަމަޟާން މަހަކީ ކަލަންޑަރުން އަދި ހިސާބުތަކުން ވެސް ދައްކާ ގޮތުން ތިރީސް ދުވަހުގެ މަހެކެވެ. ކަލަންޑަރުގައި މިހާރު އޮތް ގޮތުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.

ނަމަވެސް ހަނދު ބެލުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލެކެވެ. އެހެންކަމުން ބުދަ ދުވަހު ހަނދު ބަލައި، ހަނދު ފެނިއްޖެ ނަމަ އެ ދުވަހުން ފެށިގެން ޝައްވާލު މަސް ފެށިގެން ދާނެ އެވެ. އެ ގޮތުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.

ހަނދު ނުފެނިއްޖެ ނަމަ ރަމަޟާން މަސް ފުރިހަމަ ކުރުމަށްފަހު ފިތުރު އީދު ފާހަގަ ކުރާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންޝައްވާލް މަސްރަމަޟާން މަސްފިޠުރު ޢީދުމާލެހަނދު ފެނުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟

100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟

07 މާރިޗު 2026
ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ

ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ

07 މާރިޗު 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު