Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު އީދު ނަމާދު

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

މާލެ ސަރަހައްދުގައި ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށާއި 25 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި. އެގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމާއި، ވިލިމާލެ ބޯޅަދަނޑުގެ އިތުރުން ހުޅުމާލޭގެ ފޭސް-1 އަދި ފޭސް-2 ގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރާނެ.

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2026 | ބުދަ 05:00
ފިތުރު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ

ފިތުރު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 07:00 އެވެ. 

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ 1447 ވަނަ އަހަރު މާލެސިޓީގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ 4 މައިދާނުގެ އިތުރުން 25 މިސްކިތެއްގައި ކަމަށެވެ. އެއީ މާލޭގެ 17 މިސްކިތް، ވިލިމާލޭގެ 1 މިސްކިތް، ހުޅުމާލެ ފޭސް-1 ގެ 5 މިސްކިތް އަދި ހުޅުމާލެ ފޭސް-2 ގެ 2 މިސްކިތެއްގަ އެވެ. 

މީގެ އިތުރުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް ގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް ވިލިނގިލި ބޯޅަދަނޑުގައި ބާއްވާއިރު، ހުޅުމާލެ ފޭސް 1 ބޮޑު ޖަމާއަތް ބާއްވަން ނިންމާފައި ވަނީ ސިންތެޓިކް ޓެރެކް ސަރަހައްދުގަ އެވެ. އަދި ހުޅުމާލެ ފޭސް-2 ގެ ބޮޑު ޖަމާއަތް ބާއްވަން ނިންމާފައިވަނީ މަސްޖިދު ހަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުނބުރިގަސް މަގާ އެއްކޮށް އޮންނަ ހުސްބިމުގަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ފާއިތުވި ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް ގައި ދުރުކަމާއެކު މިސްކިތްތަކުގައި ވަނީ އީދު ނަމާދުކޮށްފައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފިތުރު އީދާއި ބައްދަލުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނިކޮންނެވެ. އެހެންކަމުން އެފަހަރު މާލޭގެ މިސްކިތްތަކުގައި ވެސް އީދު ނަމާދުކޮށްފައެއްނުވެ އެވެ.

ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި 2020 އަދި 2021 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިނުވެ އެވެ. އަދި 2021 ވަނަ އަހަރު ގައިދުރުކަމާއެކު މިސްކިތްތަކުގައި އީދު ނަމާދު ކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނިކޮންނެވެ. އެހެންކަމުން އެ ފަހަރު މާލޭގައި މިސްކިތްތަކުގައި ވެސް އީދު ނަމާދުކޮށްފައެއްނުވެ އެވެ.

ފިޠުރު ޢީދުއިސްލާމިކް މިނިސްޓްރީފިތުރު ޢީދު ނަމާދު

އިތުރަށް ކިޔާލަން

11 މާރިޗު 2026

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026
އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
08 މާރިޗު 2026

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

08 މާރިޗު 2026
މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
08 މާރިޗު 2026

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

08 މާރިޗު 2026
ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
05 މާރިޗު 2026

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

05 މާރިޗު 2026
110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު