Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތެލުގެ އަގު އުފުލުން

ތެލުގެ އަގު އުފުލުމާއެކު ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖާކުރަން ޑްރައިވަރުން ގޮވާލައިފި

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓެކްސީގެ ދަތުރުތަކުގެ އަގުތައް މުރާޖާކޮށްދިނުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރުގައި އެދިއްޖެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާއިރު އަގުތައް ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ބޮޑު ތަކުލީފެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 07:31
ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް

ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް | ރާއްޖެއެމްވީ

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވާތީ، ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖާކޮށް އިންސާފުވެރި ބަދަލެއް ގެނެސްދިނުމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

Advertisement - newsAdvertisement

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ޚަރަދުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައި، ޓެކްސީގެ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މި ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ޖަމިއްޔާއިން ދެކޭގޮތުގައި މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އޮތް ހަމައެކަނި ހައްލަކީ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމެވެ. އެހެން ނޫންނަމަ، މި މަސައްކަތުން އާމްދަނީ ހޯދައިގެން މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއްގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އެ ޖަމިއްޔާއިން ވަނީ ދީފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގައި މިހާރު ރަސްމީކޮށް އެދިފައިވާނެ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ހާމަކުރެ އެވެ. އެ ޖަމިއްޔާއިން ބުނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ނިންމުންތައް ނިންމަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށާއި، މިހާރު ކަނޑައަޅާފައިވާ އަގުތަކުގައި ޚިދުމަތް ދިނުމަކީ ޑްރައިވަރުންނަށް އުނދަގޫ ކަމެއްކަން ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ، ޑްރައިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ، އޭގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން ކަމަށެވެ. އެހެންކަމުން، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން މިކަމަށް ދާއިމީ އަދި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)ތެލުގެ އަގުޓެކްސީ ދަތުރުގެ އަގު

ކޮމެންޓް

އިތުރަށް ކިޔާލަން

 ހަނގުރާމަ އާއި ގުޅޭ ތެދު މައުލޫމާތު ހާމަ ކުރުމުގެ ބަދަލުގައި މި ސަރުކާރުން ކުރަނީ ސިޔާސީ މަސައްކަތް: ރައީސް ސޯލިހު

ހަނގުރާމަ އާއި ގުޅޭ ތެދު މައުލޫމާތު ހާމަ ކުރުމުގެ ބަދަލުގައި މި ސަރުކާރުން ކުރަނީ ސިޔާސީ މަސައްކަތް: ރައީސް ސޯލިހު

17 މާރިޗު 2026
މިފްކޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

މިފްކޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

16 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

09 މާރިޗު 2026
ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

06 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު