Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ އަގު ބޮޑުކުރުން

ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

9 މާރިޗު 2026 | ހޯމަ 12:39

ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަން ތަފާސްހިސާބުތަކުން ހާމަވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުނުވާ ދަނޑިވަޅެއްގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރުމުން މަޖިލިސް މެންބަރު ޑރ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި. އަގުހެޔޮ ތެލުގެ ޝިޕްމަންޓެއް އަންނަ ކަމަށް ސަރުކާރުން ބުނިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަގު ބޮޑުކުރުމަކީ ސަރުކާރަށް ފައިސާ ހޯދަން ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. މި ބަދަލާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 މާރިޗު 2026 | ހޯމަ 12:39
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރީ މި ސަރުކާރުގައި ފައިސާ ނެތިގެން ކަމަށާއި އެކަން ކުރީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގައި ތަކެތީގެ އަގު މަހުން މަހަށް  ބޮޑުވަމުންދާ ކަމަށް ސަރުކާރުން ނެރޭ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ. 

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ތަފާސްހިސާބުތަކުގެ އިތުރުން އެމްއެމްއޭ އިން އާންމު ކުރާ ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވައި ޝަމްހީދު ވިދާޅުވީ ތަކެތީގެ އަގު އުފުލެމުން ދަނީ އިންތިހާ އަށް ކަންބޮޑުވާ މިންވަރަށް ކަމަށެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގައި ތަކެތީގެ އަގު މަހުން މަހަށް މި އަންނަނީ ބޮޑުވަމުން. އަޅުގަނޑު އެންމެ ފަހުން ހިސާބު ބަލާލިއިރު ކޮންސިއުމަރ ޕްރައިސް އިންޑެކްސް މިވަނީ 4 ޕަސެންޓަށް އިތުރު ވެފަ. އަދި މަހުން މަހަށް އެބޭފުޅުން މި ނެރޭ އޮވަރޯލް އެސެންޝިއަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް ވެސް މިދިޔަ މަހާ ބަލާއިރު މި މަހު އެބަހުރި 10 ޕަސެންޓަށް ބައެއް އައިޓަމްސް ބޮޑުވެފަ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު 

މެންބަރު ވިދާޅުވީ މިގޮތަށް ކާބޯތަކެއްޗާ އެސެންޝިއަލް އައިޓަމްތަކުގެ އަގު ބޮޑުވާ ދުވަސްވަރެއްގައި ތެލުގެ އަގު ސަރުކާރުން ކުއްލިއަކަށް އަގު ބޮޑު ކޮށްފައިވާތީ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މިހާރު ހުރި ތެލުގެ އަގު ބޮޑުވީކީ ވެސް ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ވެސް އެވަރަށް ތެލުގެ އަގު އަދި ނުއުފުލޭ ކަމަށެވެ. 

އެހެންކަމުން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގަ ވެސް ބޮޑު ނުވާ މިންވަރަށް ބޮޑު ކުރުމުން ފެނިގެން ދަނީ އަދި ހާމަވަނީ ސަރުކާރުން ފައިސާ ނެތް ކަން ކަމަށާ އެކަން ކުރަނީ ސަރުކާރަށް ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

އަގުހެޔޮ ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިތާ 24 ގަޑިއިރު ހަމަނުވަނީސް އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކޮށްފައި ވަނީ އަގު ބޮޑު ކުރަން ޖެހޭ ހާލަތު ކުރިމަތިވެގެން ނޫން ކަމަށް އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ. އަދި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، އަގު ބޮޑު ކުރުން ބަލައި ނުގަނެވޭ ކަމަށް އާންމު ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ. 

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އަހްމަދު ޝަމްހީދުތެލުގެ އަގު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

23 ޖޫން 2026

ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަންކަމަށް ބުނެ ބަޖެޓު ފޮތުގައި ނުލިޔެ މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ބޭނުންކުރި، ޚަރަދުގެ ތަފްސީލެއް އެނގޭކަށް ނެތް: ޝަމްހީދު

23 ޖޫން 2026
ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަންކަމަށް ބުނެ ބަޖެޓު ފޮތުގައި ނުލިޔެ މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ބޭނުންކުރި، ޚަރަދުގެ ތަފްސީލެއް އެނގޭކަށް ނެތް: ޝަމްހީދު
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
06 ޖޫން 2026

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު
05 ޖޫން 2026

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

05 ޖޫން 2026
މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް