Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ އަގު ބޮޑުކުރުން

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026 | އަންގާރަ 14:59

އެސްޓީއޯގައި އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ ހުއްޓާ، ސަރުކާރުން ތެލުގެ އަގު ބޮޑުކުރުމަކީ ޒުވާނުންނަށް ދިން ބޮޑު ދޯކާއެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސިފަކުރައްވައިފިއެވެ. މީގެ އިތުރުން، މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައި ދޮގުހަދާ ސަރުކާރެއް ކަމަށް ވިދާޅުވެ، އިންތިޚާބުތައް އެއްކޮށްލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯތިތަކުގެ މައްސަލައިގައި ވެސް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ.

މަޚްތޫމް
މަޚްތޫމް | 10 މާރިޗު 2026 | އަންގާރަ 14:59
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. | ރާއްޖެ އެމްވީ

ސަރުކާރުން އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ޒުވާނުންގެ އަތުން ބޮޑު ޓެކްސްއެއް ނަގައިފައިވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އިންތިހާބު އެއްކުރަން ނޫނެކޭ" ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ތެލުގެ އަގު ބޮޑުނުކުރާނެކަމަށް ބުނެފައި ދެ ދުވަސް ނުވަނީސް އަގުބޮޑުކޮށްލާފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ކުރީގައި ނުވަދިހަ ރުފިޔާއަށް ސައިކަލެއްގެ ޓޭންކު ފުލްކޮށްލެވޭއިރު މިހާރު ފުލްކޮށްލެވެނީ ސަތޭކަ ސާޅީސް ރުފިޔާއަށް ކަމަށެވެ. މިއީ ސަރުކާރުން ޒުވާނުންނަށް ދިން ވަރަށް ބޮޑު ދޯކާއެއް ކަމެއްކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެސްޓީއޯ ހިނގި މީހެއްގެ ހައިސިއްޔަތުން އެނގޭ ގޮތުގައި އެސްޓީއޯގައި އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ ހުންނާނެކަމަށާއި އަގުހެޔޮކޮށް ގަނެގެން ގެންނަން ހުރި ތެޔޮވެސް ހުންނާނެކަމަށެވެ. އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ އަގުބޮޑުކޮށް ވިއްކާކަށް ނުޖެހޭކަމަށާއި ބޭރުގެ ބޯޓުތަކުގައި އެސްޓީއޯއިން ގަނެފައިވާ ތެޔޮ ބަހައްޓާފައި ހުންނާނެކަމަށް އާޒިމް ވިދާޅުވި އެވެ.

އެސް.ޓީ.އޯ ހިންގި މީހެއްގެ ހައިސިއްޔަތުން އެނގެނީ އެސް.ޓީ.އޯގައި ހުންނާނެ އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ. އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ އަގުބޮޑުކޮށް ވިއްކާކަށް ނުޖެހޭ. އަދި އަގުހެޔޮކޮށް ގަނެފައި ހުރި ތެޔޮ ހުންނާނެ ބޭރުގެ ބޯޓުތަކުގައި މިހާރު އެސް .ޓީ.އޯއިން ބަހައްޓާފައި. އެހެންވީމާ، ދެން އަންނަ ޝިޕްމަންޓް ވެސް އަގުބޮޑު ކުރާކަށްނުޖެހޭ. އެއް މަސްދުވަސް ފަހުން އަންނަ ތެޔޮ އަގުބޮޑުކޮށް ވިއްކުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، މިއަދު މި ކުރި ކަމަކީ އަގުހެޔޮކުގެ ގަނެފައި ހުރި ތެޔޮ، އަދި އަގުހެޔޮކޮށް ގަނެގެން ގެންނަން ހުރި ތެޔޮ، އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކާ ޒުވާނުންގެ ސައިކަލުތަކަށް ޕެޓްރޯލުން އަގުބޮޑުކޮށް އަޅުވަން ޖައްސައި، ޒުވާނުންގެ އަތުން ބޮޑު ޓެކްސްއެއް ނެގީ. އެހެންވީމާ، މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަންތައްކަން ރައްޔިތުން ގަބޫލުކުރެވޭ. 
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މި ސަރުކާރަކީ ދޮގުހަދާ ސަރުކާރެއްކަމަށާއި ސަރުކާރުން ބުނާ ގޮތަށް ކަންތައްތައް ކުރުމަކީ ރައްޔިތުންނަށް ފައިދާއެއް ވާނެ ކަމެއް ނޫންކަން ރައްޔިތުން ގަބޫލުކުރާކަމަށް އާޒިމް ވިދާޅުވިއެވެ. މި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެ ހިންގުމާ ހަވާލުވި ބޭފުޅަކު ރައްޔިތުންނަށް ތާއަބަދު ދޮގުހަދަމުންދާކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިފަހަރުގެ ވޯޓަކީ ހުރިހާ އިންތިޚާބެއް އެއްކޮށްލުމަށްޓަކައި މަކަރުވެރިކަމާއެކު ހިލަތްތެރިކަމާއެކު ކުރިއަށްގެންދާ ވޯޓެއްކަމަށެވެ. މި ދެ ވޯޓު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ސަބަބަކީވެސް އޮޅުވާލަންވެގެންކަމަށް އާޒިމް ވިދާޅުވި އެވެ. މާލެ ސިޓީ ރައްޔިތުންނަށް ދޭން ބުނި ގޯތިތައް ނުދީ އޮޅުވާލައިގެން އެތަންމިތަނަށް ބަދަލުކޮށްފައިވާކަމަށާއި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ގޯތި ޕްރޮގްރާމު އޮޅުވާލައި ރަސްމާލެ ކިޔާތަނެއް ހިއްކައި ފައިސާ އިސްރާފުކޮށްލައިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރަކީ މުޅި ގައުމު ގަޑުބަޑުކޮށްލާ ސަރުކާރެއްކަމަށާއި ރައްޔިތުންގެ ކައިރިއަށް ދާކަށް ނުވެސް ކެރޭނެކަމަށެވެ. އަންނަ އިންތިޚާބުގައި އިންތިޚާބުތައް އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އާޒިމް ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

އާދަމް އާޒިމްމާލެ ސިޓީއެމްޑީޕީތެލުގެ އަގުރަސްމާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
09 މާރިޗު 2026

ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި

09 މާރިޗު 2026
ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
09 މާރިޗު 2026

ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

09 މާރިޗު 2026
ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު
09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
09 މާރިޗު 2026

ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

09 މާރިޗު 2026
ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު
09 މާރިޗު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި
09 މާރިޗު 2026

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް